HDC in Hingi PPM Jagaha Therey Huri Liunthakeh Nahthaalanee
image
ލިއުންތައް ބަހައްޓާފައި ހުރި ކަމަށް ބުނި ގުދަން---ފޮޓޯ:ކިއުންތެރިއެއް
2 ކޮމެންޓް
 

އެޗްޑީސީން ހިންގި ޕީޕީއެމް ޖަގަހައިގަ ހުރި ލިއުންތަކެއް ނައްތާލަނީ

ހުޅުމާލޭގައި ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަންގެ އިސް ފަރާތްތަކުގެ ބެލުމުގެ ދަށުން ނެއިބަހުޑް ދެއަކަށް ހާއްސަކޮށް ހަދާފައިވާ ޕްރީ ސުކޫލުގައި ހިންގަމުން ދިޔަ ޖަގަހާގައި ހުރި ލިއުންތަކެއް އަންދާލަން އުޅޭ ކަމަށް ބުނެ އެޗްޑީސީގެ މުވައްޒަފުންތަކެއް ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ސީއެންއެމާ ވާހަކަ ދެއްކި ބައެއް މުވައްޒަފުން ބުނި ގޮތުގައި އެ ލިއުންތައް މިއަދު ވީއެންމެ އަވަހަކަށް ނައްތާލަން އަންގާފައިވާ އިރު ލިއުންތައް ބަހައްޓާފައި ހުރީ އެޗްޑީސީ ކްލީނިން ޑިޕާޓުމެންޓުގެ ދަށުގައި ހުންނަ އެމްއެސްއޯ ގުދަން ތެރޭގައެވެ.

"ކުންފުނީގެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ އިރު، އެގޮތަށް ގިނަ ލިއުންތަކެއް ނައްތާލީމަ ފަހުން ހޯދަން ބޭނުންވާ ގިނަ ހެކިތަކެއް ނެތިދާނެ. ޕީޕީއެމް ޖަގަހައެއް ވިއްޔާ އެޗްޑީސީން ކުރާކަށް ނުޖެހޭނެ. އެޗްޑީސީގެ ތެރޭގައި ބަހައްޓައިގެން. އެ ލިއުންތައް އެބަހުރި ކުރިން ގެރިކޮށި ހުރިތަނުގައި ހުންނަ އެމްއެސްއޯ ގުދަނުގައި. މިއަދު އެތަކެތި އަންދާލަން އެންގީ،" އެޗްޑީސީގެ މުވައްޒަފަކު ބުންޏެވެ.

މި ހަބަރާއި ގުޅިގެން އެޗްޑީސީގެ ރަސްމީ ބަހެއްވަނީ ލިބޭ ގޮތް ނުވެފައެވެ. އެޗްޑީސީން ލިއުންތަކެއް ނައްތާލަން އުޅޭ ކަމަށް އެ ކުންފުނީގެ މުވައްޒަފުންތަކެއް ބުނެފައިވާ އިރު ނެޝަނަލް އާކައިވްސް އޮފް މޯލްޑިވްސް، ގައުމީ އަރުޝީފުއިން ވަނީ އެއްވެސް ލިއުމެއް ނައްތާ ނުލަން އަންގާފައެވެ.

ލިއުންތަކެއް ނައްތާލަން އުޅޭ ކަމަށް ބުނެ ބައެއް މުވައްޒަފުން ކަންބޮޑުވުން ފާޅު ކުރި އިރު، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފު ވެސް ވަނީ ލިއުންތަކެއް ނައްތާލަން ވެގެން އެޗްޑީސީގެ އެމްއެސްއޯ ގެ ގުދަނަކަށް ވައްދާފައިވާ ކަމަށް ވިދާޅުވެފައެވެ.

އެޗްޑީސީގެ މާލީ ހާލަތު ވަރަށް ބޮޑަށް ދަށްވެ، އެ ހާލަތުން އަރައިގަތުމަށް "ނުއަގުގައި" 400 ގޯތި ވިއްކަން މަސައްކަތްތަކެއް ކޮށްފައިވާ އިރު، އެކުންފުނިން ރައީސް އަބްދުﷲ ޔާމީންގެ ކެމްޕޭނަށް ބޮޑެތި ހަރަދުތަކެއް ކުރި ކަމަށް ދަނީ ތުހުމަތު ކުރަމުންނެވެ.
ކޮރަޕްޝަން އެޗްޑީސީ
ހިޔާލު

ޙލދ

ދިވެހި ގައުމައްޓަކާ ދިވެހިންނައްޓަކާ ދިވެހި ސިފައިންނާ ފުލުހުން މިކަން ހުއްޓުވާ ބަލާ ތަހުގީގު ކުރަންޖެހޭނެ.

ސަރާރު

ފުލުހުންގެ ޤާނޫނީ ވާޖިބު އަދާކުރޭ.. ކޮބާ ޤައުމީ ފުލުހުން ނުކުމެ މިކަން ހުއްޓުވާދީބަލަ ހެޔޮނުވާނެ . ﷲ އައްޓަކައި އަދޭސްކޮއްފަ މިބުނީ.