"Bharat" ge Shooting Katrina Nimmalaifi
image
ކެޓްރީނާ ކައިފް--
0 ކޮމެންޓް
 

"ބާރަތު"ގެ ޝޫޓިން ކެޓްރީނާ ނިންމާލައިފި

އަބޫދާބީގައި ކުރިއަށް ގެންދިޔަ ބާރަތުގެ ޝޫޓިން ކެޓްރީނާ ކައިފް ނިންމާލައިފިއެވެ.
ފިލްމުގެ ދެޝޫޓިން ޝެޑިއުލް ނިމުނުއިރު މިހާރު އެފިލްމުގެ ޝޫޓިން ކުރިއަށް ގެންދަނީ އަބޫ ދާބީގައެވެ. ކެޓްރީނާ އެފިލްމުގެ ޝޫޓިން ފަށާއިވަނީ ފިލްމުގެ ދެވަނަ ޝޫޓިން ޝެޑިއުލް އިން ފެށިގެންނެވެ.

ފިލްމުގެ ތިން ވަނަ ޝެޑިއުލް އަބޫ ދާބީގައި ކުރިއަށް ދާއިރު އެޝެޑިއުލްގެ ޝޫޓިން ކެޓްރީނާ ނިންމާލައިފިކަން އޭނާ ވަނިީ އިންސްޓާގުރާމު މެދުވެރިކޮށް ބުނެފައެވެ. އެގޮތުން އޭނާ ވަނީ ފިލްމުގައި ލީޑު ރޯލުން ފެނިގެންދާ ސަލްމާން ހާނާއި ފިލްމުގެ އިތުރު ކާސްޓެއް ކަމަށްވާ ސުނިލް ގުރޯވާ އާއެކު ނަގާފައިވާ ފޮޓޯއެއް ހިއްސާކޮށްފައެވެ. ކެޓްރީނާގެ ފޮޓޯގެ ކެޕްޝަނުގައި އެނާ އެދެތަރިންނާއެކު ބާޒާރަށް ގޮސް ނަގާފައިވާ ފޮޓޯއެއް ކަމަށް ލިޔެފައިވެއެވެ.


ކެޓްރީނާއަށް އެރޯލު ލިބިފައިވަނީ މީގެ ކުރިން އެރޯލުން ފެނުމަށް ހަމަޖެހިފައިވާ ޕްރިޔަންކާ ޗޯޕްރާ އެފިލްމުގެ ދޫކޮށް ދިއުމާ ގުޅިގެންނެވެ. ސަލަމާން ހާން އާއި ކެޓްރީނާ އަދި ސުނިލް ގުރޯވާ ގެ އިތުރުން އެފިލްމުން ދިޝާ ޕަޓާނީ އާއި ތަބައްސުމް ފާތިމާ ހާޝިމީ (ތައްބޫ) އަދި ޓީވީ އެކްޓަރު އާސިފް ވެސް ފެނިގެންދާނެއެވެ.

ބާރަތަކީ 2014 ވަނަ އަހަރު ނުކުތް ކޮރެއާ ފިލްމު " އޮޑޭ ޓު މައި ފާދަރ" ގެ އަސްލަށް އުފައްދާ ފިލްމެކެވެ. އެފިލްމު ނެރުމަށް ހަމަޖައްސާފައިވަނީ އަންނަ އަހަރުގެ ފިތްރު އީދުގައެވެ.
ހިޔާލު