Sarahadhee Ron'gu Bandhukoh Israel inn Gaza ah Hamalaa Dheyn Fashaifi
/
image
އިޒްރޭލުގެ ޖެޓެއް
0 ކޮމެންޓް
 

ސަރަހައްދީ ރޮނގު ބަންދުކޮށް އިޒްރޭލުން ގާޒާއަށް ހަމަލާ ދޭން ފަށައިފި

އިޒްރޭލުން ގާޒާއަށް ދެވެން އޮންނަ ދެ ސަރަހައްދީ ރޮނގު ބަންދުކޮށް، ގާޒާއަށް ވައިގެ މަގުން ހަމަލާތަކެއް ދީފިއެވެ.
ސަރަހައްދީ ރޮނގުތައް ބަންދުކުރަން އިޒްރޭލުގެ ޑިފެންސް މިނިސްޓަރު އަވިގްދްރޯ އަންގާފައި މިވަނީ ފަލަސްތީނުން އިޒްރޭލަށް ރޮކެޓް ހަމަލާ ދިން ކަމަށް ބުނެއެވެ.

އިޒްރޭލުން ބުދަ ދުވަހުން ފެށިގެން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ގާޒާގެ ތިން މީހަކަށް ވަނީ އަނިޔާވެފައެވެ. އަނިޔާވި މީހުންނަށް ގާޒާގެ ހޮސްޕިޓަލުތަކުގައި ދަނީ ފަރުވާ ދެމުންނެވެ.

އިޒްރޭލުން ވަނީ ގާޒާގެ އާންމުންނަށް މަސްވެރިކަން ކުރަން ހުއްދަ ދީފައި އޮންނަ ސަރަހައްދުވެސް ކުޑަކޮށްފައެވެ. އެގޮތުން މިހާރު ގާޒާގެ އާންމުންނަށް މަސްވެރިކަން ކުރެވޭނީ ގާޒާގެ އައްސޭރި ފަށުން ފެށިގެން ތިން ނޯޓިކަލް މޭލުގެ ސަރަހައްދެއްގައި ކަމަށް އިޒްރޭލުން ވަނީ ކަނޑައަޅާފައެވެ.
އިޒްރާއީލް ގާޒާ
ހިޔާލު