Sofa eh gai Harukohfaivaa Bomb eh Gohvaalaa Candidate aku Avahaara Kohlaifi
image
0 ކޮމެންޓް
 

ސޯފާއެއްގައި ހަރުކޮށްފައިވާ ބޮމެއް ގޮއްވާލާ ކެންޑިޑޭޓަކު އަވަހާރަކޮށްލައިފި

ސޯފާއެއްގެ ދަށުގައި ހަރުކޮށްފައި ހުރި ބޮމެއް ގޮއްވާލައި، އަފްގާނިސްތާނުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރައްވާ ކެނޑިޑޭޓަކު އަވަހާރަކޮށްލައިފިއެވެ.
މިމަހުގެ 20 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އަފްގާނިސްތާނުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރައްވާ ޖަބަރް ގަހްރަމަން އަވަހާރަކޮށްލާފައިވަނީ މިއަދު ދިން ހަމަލާއެއްގައެވެ. އެ ހަމަލާގެ ޒިންމާ ތާލިބާނުން ވަނީ އުފުލާފައެވެ.

އަފްގާނިސްތާނުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޖަބަރް ވާދަ ކުރައްވަނީ ހެލްމަންދްގެ ދެކުނު ޕްރޮވިންސަށެވެ. އެ ޕްރޮވިންސަކީ ތާލިބާނުންގެ ބާރު ގަދަ ސަރަހައްދެކެވެ.

ބޮން ގޮއްވާލައިގެން ދިން ހަމަލާގައި ހަތް މީހަކު ވަނީ ޒަހަމްވެފައެވެ. ބޮން ގޮއްވާލީ ޖަބަރް އޭނާގެ ސަޕޯޓަރުންނާ ބައްދަލުކުރައްވަމުން ގެންދަވަނިކޮށެވެ. އެ ސޯފާއަކީ ބަޔަކު ހަދިޔާކުރި ސޯފާއެކެވެ.

އެ މައްސަލައިގައި މިހާތަނަށް ހަތް މީހަކު ހައްޔަރުކޮށްފައިވާ ކަމަށް އަފްގާނިސްތާނުގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.
މަރު އަފްގާނިސްތާން
ހިޔާލު