Qaumee Football Team ah BML inn 6 Lakka Rufiyaa Dheefi
image
ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--ފޮޓޯ ބީއެމްއެލް
0 ކޮމެންޓް
 

ގައުމީ ފުޓްބޯޅަ ޓީމަށް ބީއެމްއެލް އިން 6 ލައްކަ ރުފިޔާ ދީފި

މިދިޔަ މަހު ބޭއްވި ސާފް ސުޒުކީ ކަޕްގެ ތަށި ހޯދި ދިވެހި ގައުމީ ފުޓްބޯޅަ ޓީމުގެ ސްޕޮންސާ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ފަރާތުން ފައިސާގެ ގޮތުގައި 600،000 ރުފިޔާ ދީފިއެވެ.
އެ ފައިސާގެ އިނާމު ދިވެހި ގައުމީ ފުޓްބޯޅަ ޓީމާ ހަވާލުކޮށްފައިވަނީ ޓީމަށް މަރުހަބާ ކިޔުމުގެ ގޮތުން ހޮޓެލް ޖެންގައި ބޭއްވި ހާއްސަ ހަފުލާއެއްގައެވެ.

އެ ހަފުލާގައި ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން ހިމެނޭ ގޮތަށް ޓީމުގެ ކޮންމެ މެންބަރަކަށް ހާއްސަ ޓްރެވެލް ކާޑެއް ވަނީ ދީފައެވެ.

ސާފް ސުޒުކީ ކަޕް 2018 ރާއްޖެއިން ކާމިޔާބުކުރީ ފައިނަލް މެޗުގައި އިންޑިއާގެ މައްޗަށް 2-1 ގެ ނަތިޖާއަކުން ކުރި ހޯދައިގެންނެވެ.

ބީއެމްއެލް އަކީ 2017 ވަނަ އަހަރުން ފެށިގެން ގައުމީ ފުޓްބޯޅަ ޓީމުގެ ސްޕޮންސަރެވެ. ތަފާތު ގިނަ ގޮތްގޮތުން ބީއެމްއެލް އިން އަންނަނީ ގައުމީ ފުޓްބޯޅަ ތީމަށް އެހީތެރިވަމުންނެވެ.
ހިޔާލު