Theluge agu anekkaves bodu koffi
image
އެސްޓީއޯގެ އެފްއެސްއެމްގެ ޕެޓްރޯލް ޝެޑެއް
1 ކޮމެންޓް
 

ތެލުގެ އަގު އަނެއްކާވެސް ބޮޑުކޮށްފި

އެސްޓީއޯއިން ވިއްކާ ޕެޓްރޯލާއި ޑީސަލް ގެ އަގު އަނެއްކާވެސް ބޮޑުކޮށްފިއެވެ. މިއީ މިމަހުގެ ތެރޭގައި ތެލުގެ އަގު ބޮޑުކުރި ދެ ވަނަ ފަހަރެވެ.
މިއަހަރުގެ މިހާތަނަށް ހަ ވަނަ ފަހަރަށް އެސްޓީއޯއިން ތެލުގެ އަގު ބޮޑުކުރި އިރު މިފަހަރު ޕެޓްރޯލް އަދި ޑީސަލް ލިޓަރަކުން ބޮޑުކޮށްފައިވަނީ 42 ލާރި އެވެ.

އަގު ބޮޑުކުރުމުން މިހާތަނަށް 10.97 ރުފިޔާއަށް ވިއްކަމުން ދިޔަ ޕެޓްރޯލް ލީޓަރެއް ދެން ވިއްކާނީ 11.39 ރުފިޔާއަށެވެ. އަދި ކުރިން 11.43 ރުފިޔާއަށް ވިއްކަމުންދިޔަ ޑީސަލް ލީޓަރެއް ދެން ވިއްކާނީ 11.85 ރުފިއާ އަށެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް މިއަހަރުގެ ތެރޭގައި ބޮޑު ބަދަލެއް އައިސްފައި ނުވި ނަމަވެސް އެސްޓީއޯއިން ބުނަނީ ތެލުގެ އަގު ބޮޑުކުރަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވުމުން ކަމުގައެވެ.
އެސްޓީއޯ ތެޔޮ
ހިޔާލު

ބޯގޯސް

ދުނިޔޭގެ ބާޒާރުގަ ތެޔޮ އަގު ހެޔޮވީމަ ބޮޑުކުރީދޯ ރަނގަލަށް ވިޔަފާރި ކުރަން ދަސްކޮށްފައެބަހުރި