3 Vana Quarter gai BML ah 269 Million Ruffiya ge Faidhaa eh
image
ބީއެމްއެލް
1 ކޮމެންޓް
 

ތިން ވަނަ ކުއާޓަރުގައި ބީއެމްއެލް އަށް 269 މިލިއަން ރުފިޔާގެ ފައިދާއެއް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް މި އަހަރުގެ ތިން ވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 269 މިލިއަން ރުފިޔާ ލިބިއްޖެއެވެ.
ބީއެމްއެލް އިން އާންމުކުރި މިއަހަރުގެ ތިންވަނަ ކުއާޓަރުގެ ރިޕޯޓުގައިވާ ގޮތުން، ޓެކްސަށް ކެނޑުމުގެ ކުރިން، ފައިދާގެ ގޮތުގައި 365 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

އެ މިންވަރަކީ، މިއަހަރުގެ ދެވަނަ ކުއާޓަރުގައި ޓެކްސަށް ކެނޑުމުގެ ކުރިން ލިބުނު ފައިދާއަށްވުރެ 10 އިންސައްތަ އިތުރު މިންވަރެކެވެ. އަދި މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ޓެކްސަށް ކެނޑުމުގެ ކުރިން ލިބުނު ފައިދާއަށްވުރެ 11 އިންސައްތަ އިތުރުވުމެއް ކަމަށް ބީއެމްއެލް އިން ބުނެއެވެ.

މިއަހަރުގެ ތިންވަނަ ކުއާޓަރުގައި، އާމްދަނީގެ ގޮތުގައި ބީއެމްއެލް އަށް 609 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއަހަރުގެ ދެވަނަ ކުއާޓަރުގައި ބީއެމްއެލަށް ލިބުނީ 600 މިލިއަން ރުފިޔާއެވެ.

ބީއެމްއެލް އިން ދަނީ އެ ބޭންކްގެ ހިދުމަތް ފުޅާކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ރާއްޖޭގެ 20 އަތޮޅުގައި ބީއެމްއެލްގެ 34 ބްރާންޗް ގާއިމުކޮށްފައިވާއިރު 97 އޭޓީއެމް ވަނީ ގާއިމުކޮށްފައެވެ. ބީއެމްއެލް އިން ރާއްޖޭގައި 37 ސެފް ސާވިސް ބޭންކިން ސެންޓަރުން ހިދުމަތް ދެމުން އަންނައިރު 165 ރަށެއްގައި ޖުމްލަ 277 ކޭޝް އެޖެންޓުން ވަނީ ގާއިމުކޮށްފައެވެ.
ހިޔާލު

އަހުމަދު

ފައިދާވާލެއްކުޑަ. ލިުއިލޯނުގެ އިންޓްރެސްޓް  ނަގާ އަދި ވާނުވާނޭގި އޮތުރަށްނެގޭތަންވެސްއާދޭ.... މިއަސްވުރެކުކުޑައިންޓްރެސްޓް ނަގާފަ ގިނަބަޔަކށް ލުއިގޮތަކަށްލޯނު ދޭނަމަ ރަގަޅު..