Thari akah vejje, Ekamaku ekameh Gaboolu Kuraakah Beymeh Nuvey: Ayushmann
image
އަޔުޝްމަން ކުރާނާ--
0 ކޮމެންޓް
 

ތަރިއަކަށް ވެއްޖެ، އެކަމަކު ގަބޫލުކުރާކަށް ބޭނުމެއްނޫން: އަޔުޝްމަން

ތަރިއަކަށް ވެއްޖެކަން ގަބޫލު ކުރާކަމަށާއި ނަމަވެސް އެކަމެއް ގަބޫލުކުރަން ބޭނުން ނުވާކަމަށް އަޔުޝްމަން ކުރާނާ ބުނެފިއެވެ.
އަޔުޝްމަން ފިލްމު އިންޑަސްތްރީގައި މަސައްކަތް ކުރާތާ މިހާރު 6 އަހަރު ވެއްޖެއެވެ. އޭނާ ފުރަތަމަ ފެނިގެންދިޔައީ 2012 ވަނަ އަހަރު "ވިކީ ދޯނާ" އިންނެވެ. އެފިލްމަށް ބޮޑު ކާމިޔަބީއެއް ލިބުނުއިރު އެނާ އަށް ވަނީ ފިލްމްފެއާގެ އެންމެ މޮޅު އާ ފަންނާނުގެ އެވޯޑު ލިބިފައެވެ. އެފިލްމަށް ފަހު އެތަށް ފިލްމުތަކުން ފެނިގެންދިޔަ އަޔުޝްމަން ވަނީ މިހާރު ގިނަ ބައެއްގެ ލޯބި ހޯދާފައެވެ.

އުމުރުން 34 އަހަރުގެ އަޔުޝްމަން ބުނިގޮތުގައި އޭނާ ކުޅޭ ހުރިހާ ފިލްމެއް ވެސް ކުޅެނީ ފުރަތަމަ ފިލްމުގެ ގޮތުގައެވެ. އޭގެ ސަބަބުން ކެމެރާ ކުރިމަތީގައި ރަނގަޅު އެކްޓެއް ދެއްކޭ ކަމަށް އަޔުޝްމަން ބުނެއެވެ. އަދި މިހާރު އޭނާ އަކީ ތަރިއެއްކަން އެނގޭކަމަށާއި ނަމަވެސް އެކަމެއް ގަބޫލު ނުކުރެވޭކަމަށް އަޔުޝްމަން ބުނެއެވެ. އޭނާ ބޭނުން ވަނީ އެހާ ވެސް އާދައިގެ ގޮތަކަށް އެކަން ކުރިއަށް ގެންދަން ކަމަށް އަޔުޝްމަން ބުނެއެވެ.

އަޔުޝްމަން އެންމެ ފަހުން ފެނިގެންދިޔައީ މިމަހު ނެރުނު "ބަދާއި ހޯ" އާއި "އަންދާދުން" އިންނެވެ. މިހާތަނަށް ދެފިލްމަށް ވެސް ވަނީ ބޮޑު ކާމިޔާބީއެއް ލިބިފައެވެ.
އަޔުޝްމަން ކުރާނާ
ހިޔާލު