Arjun Kapoor Fahathah Jahsaalaa Box Office ge Kureegai Ayushmann
image
ބަދާއި ހޯ އާއި ނަމަސްތޭ އިންގްލޭންޑްގެ ޕޯސްޓަރެއް--
0 ކޮމެންޓް
 

އަރުޖުން ކަޕޫރު ފަހަތަށް ޖައްސާލާ ބޮކްސް އޮފީހުގެ ކުރީގައި އަޔޫޝްމަން

ބޮލީވުޑުގެ ތަރި އަޔޫޝްމަން ކުރާނާ ލީޑު ރޯލުން ފެނިގެންދާ ފިލްމު، "ބަދާއި ހޯ" އާއި މަޝްހޫރު ތަރި އަރުޖުން ކަޕޫރު ލީޑު ރޯލުން ފެނިގެންދާ ފިލްމު "ނަމަސްތޭ އިންގްލޭންޑް" މިމަހުގެ 18 ވަނަ ދުވަހު ނެރެފައިވާއިރު އަރުޖުން ފަހަތަށް ޖައްސާލުމަށްފަހު ބޮކްސް އޮފީހުގެ ކުރީގައި އަޔޫޝްމަން ފިޔަ ޖަހަމުން އަންނަކަމަށް ހަބަރުތައް ބުނެފިއެވެ.
ހަބަރުތައް ބުނާ ގޮތުގައި ދެ ދުވަހެއްގައި ކުރިން އެޅުވުމަށް ނިންމާފައިވާ އެ ދެ ފިލްމު އިންޑިއާގެ ހިންދޫން ފާހަގަ ކުރާ ދުޝެހެރާ އާ ދިމާކޮށް ސަޕޯޓަރުންނަށް ހަދިޔާއެއް ދިނުމުގެ ގޮތުން ވަނީ އެއް ދުވަހެއްގައި ސިނަމާތަކުގައި އެޅުވުމަށް ނިންމާފައެވެ. އެގޮތުން މިދިޔަ ބުރާސްފަތި ދުވަހު ފިލްމު ނެރެފައިވާއިރު އަރުޖުން ކަޕޫރާއި މަޝްހޫރު ތަރި ޕަރްނިތީ ޗޯޕްރާ ލީޑުން ފެނިގެންދާ ފިލްމު އުޅެނީ އަޔޫޝްމަން އާއި ސަނާޔާ މަލްހޯތްރާގެ ފިލްމަށް ވުރެ 15 ކްރޯޑް ފަހަތުގައެވެ.

އިންޑިއާގެ މަޝްހޫރު ފިލްމު ޓްރޭޑް އެނަލީސްޓެއް ކަމަށްވާ ތަރަން އަދާޝް އިއްޔެ ކުރި ޓްވީޓެއްގައި ބުނެފައިވަނީ "ބަދާއީ ހޯ" އަށް ފިލްމު އެޅުވި ފުރަތަމަ ދުވަހު 7.92 ކްރޯޑު ރުޕީސް ލިބިފައިވާ ކަމަށެވެ. އަދި ޖެހިގެން އައި ހުކުރު ދުވަހު ފިލްމަށް 11.67 ލިބުމާއެކު ފިލްމަށް ދެ ދުވަހުގެ ތެރޭގައި ޖުމްލަ 18.96 ކްރޯޑު ރުޕީސް ވަނީ ލިބިފައެވެ. އިއްޔެ އެފިލްމަށް ލިބުނު އާމްދަނީ އަދި މިހާތަނަށް ހާމަ ކޮށްފައި ނުވާއިރު އެފިލްމު 20 ކްރޯޑް ރުޕީސްއަށް ވުރެ މައްޗަށް އަރާނެކަމަށް ބެލެވެއެވެ.

އެފިލްމަކީ ކޮމެޑީ ފިލްމެކެވެ. ފިލްމުގައި ފެނިގެންދާނީ އަޔުޝްމަންގެ މަންމަ ބަނޑުބޮޑުވެގެން އުޅޭ މަންޒަރެވެ. އެހަބަރާ ގުޅިގެން މުޅި އާއިލާއަށް ޝޮކެއް ލިބޭ އެއުމުރުގައި މާމައަކަށް ވުމުގެ ބަދަލުގައި މަންމަ އަށް ވުމުން ގިނަ ބައެއްގެ ފާޑުކިޔުންތައް ވަނީ އަޔުޝްމަންގެ މަންމަ އަށް އަމާޒުވާ މަންޒަރު ފިލްމުން ފެނިގެންދެއެވެ.

"ނަމަސްތޭ އިންގްލޭންޑް" ނެރުނު ދުވަހު ފިލްމަށް ލިބިފައިވަނީ އެންމެ ކްރޯޑެކެވެ. އަދި ހުކުރު ދުވަހު ވެސް ފިލްމަށް އެންމެ ކްރޯޑެއް ލިބުމާއި ގުޅިގެން މިހާތަނަށް ޖުމްލަ ލިބިފައިވަނީ އެންމެ 2 ކްރޯޑު ރުޕީސްއެވެ.

"ނަމަސްތޭ އިންގްލެންޑް" ބިނާކޮށްފައިވަނީ ވަރަށް ޒުވާން އަދި މުޅިން އާ ލޯބީގެ ވާހަކައެއްގެ މައްޗަށް ކަމަށް ވިޕުލް ބުނެފައިވާއިރު އެފިލްމުގައި ޕަރިނީތި އަށް ކިޔުމަށް ހަމަޖެހިފައިވަނީ ޖަސްމީތެވެ. އަދި އަރްޖުން އަށް ކިޔަނީ ޕަރަމް އެވެ. އެފިލްމަކީ 2007 ވަނަ އަހަރު ނެރުނު ފިލްމު "ނަމަސްތޭ ލަންޑަން" ގެ ދެ ވަނަ ބައެވެ.
ހިޔާލު