Kulhudhuffushee Hospital Gai CT Scanning Ge Hidhumaiy Fashan Thahyaaru Vejje
image
ކުޅުދުއްފުށީ ހޮސްޕިޓަލަށް ގެންދިޔަ ސީޓީ ސްކޭނިން މެޝިން-- ފޮޓޯ: ކޭއޯ
0 ކޮމެންޓް
 

ކުޅުދުއްފުށީ ހޮސްޕިޓަލުގައި ސީޓީ ސްކޭނިންގެ ހިދުމަތް ފަށަން ތައްޔާރުވެއްޖެ

ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލު ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެވަޑައިގަނެފައިވާ ވައުދުފުޅު ފުއްދުވުމުގެ ގޮތުން ކުރާ މަސައްކަތުގެ ދަށުން ކުޅުދުއްފުށީ ހޮސްޕިޓަލުގައި ސީޓީ ސްކޭނިން މެޝިނެއް ބަހައްޓާ ހިދުމަތްދޭން ފަށަން އެހޮސްޕިޓަލުން ތައްޔާރުވެއްޖެއެވެ.
ސީއެންއެމްއާ ވާހަކަ ދައްކަވަމުން ހޮސްޕިޓަލު ހިންގެވުމާއި ހަވާލުވެހުންނެވި އޮފިޝަލް ވިދާޅުވީ ސީޓީ މެޝިން މިހާރު އިންސްޓޯލްކޮށްފައިވާކަމަށެވެ. އަދި ފެނަކައިން މިހާރު ކަރަންޓުގެ މަސައްކަތްތައް ކުރަމުން އަންނަކަމަށާއި އެހިދުމަތް ދެވޭނެ ސީދާ ތާރީހު އަދި ދަންނަވަން ނޭނގޭކަމަށް އޭނާ ވިދާޅުވިއެވެ.

އެރަށު ހޮސްޕިޓަލުގައި ބަހައްޓާފައިވަނީ އެންމެ ޒަމާނީ ފެންވަރުގެ 128 ސްލައިސްގެ މެޝިނެކެވެ. ކުޅުދުއްފުށީ ހޮސްޕިޓަލުގައި ސީޓީ މެޝިނެއް ބެހެއްޓުމާއެކު އެރަށްވެފައިމިވަނީ އަތޮޅުތެރޭގެ ރަށްތަކުގެ ތެރެއިން ސީޓީ މެޝިނެއް ބެހެއްޓި ފުރަތަމަ ރަށަށެވެ.

ސީޓީ މެޝިން ބަހައްޓާފައިވަނީ ކުޅުދުއްފުށީ ހޮސްޕިޓަލުހެ ކުރީގެ ޖެނަރަލް ވޯޑުގައެވެ. އެއީ ސީޓީ މެޝިން ބެހެއްޓުމަށް އޭރު ހޮސްޕިޓަލާއި ހަވާލުވެ ހުރި ކުންފުނިން ވެސް އެމެޝިން ބެހެއްޓުމަށް ނިންމި ތަނެވެ. ނަމަވެސް އެކުންފުނިން ނިންމީ އެތަނުގައި 16 ސްލައިސްގެ ސީޓީ މެޝިނެއް ބެހެއްޓުމަށެވެ.

އިންޑިއާގެ ނޫރުލް އިސްލާމް އިންޓަނޭޝަނަލް (އެންއައިއައި) ޕްރައިވެޓް ލިމިޓެޑަށް 50 އަހަރު ދުވަހުގެ މުއްދަތަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލު ސަރުކާރުން މިދިޔަ އަހަރު ހަވާލުކޮށްފައިވަނީ އެތަން ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލުކުރުމަށެވެ. ނަމަވެސް އެތަނުގެ ހިއްސާދާރުންގެ މެދުގައި މައްސަލަތަކެއް ޖެހި، ސިއްހީ ހިދުމަތްތަކަށް ބުރޫއެރުމުގެ ސަބަބުން ހޮސްޕިޓަލު ހިންގުމާއި ވަގުތީގޮތުން ހެލްތު މިނިސްޓްރީން ވަނީ ހަވާލުވެފައެވެ.
ހިޔާލު