Afrasheem aai rilawan adhi yameen ge thahugeegah eheethereikan foarukohdheyn thayaaru: Ugail
image
ސައިންސްވެރިޔާ ޕްރޮފެސަރ ހަސަން އުގައިލް
2 ކޮމެންޓް
 

އަފްރާޝީމާއި ރިލްވާން އަދި ޔާމީންގެ ތަހުގީގަށް އެހީ ފޯރުކޮށްދޭން ތައްޔާރު: އުގައިލް

އަވަހާރަކޮށްލާފައިވާ ދީނީ ޢިލްމުވެރިޔާ ޑރ އަފްރާޝީމް އަލީއާއި މަރާލާގައިވާ ބްރޮގަރ ޔާމީން ރަޝީދުގެ އިތުރުން ވީނުވީއެއް ނޭންގި ގެއްލިފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ ތަހުގީގަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރަށް ހުންނެވިކަމަށް ރާއްޖޭގެ ސައިންސްވެރިޔާ ޕްރޮފެސަރ ހަސަން އުގައިލް ވިދާޅުވެއްޖެއެވެ.
ޕްރޮފެސަރ އުގައިލް މިހެން ވިދާޅުވީ މީގެ ކުޑައިރުކޮޅެއްގެ ކުރިން ކުރެއްވި ޓްވިޓެއްގައެވެ.
އުގައިލް ވިދާޅުވީ މި ތިން މައްސަލައިގެ ތަހުގީގަށް އެހީތެރިކަން ބޭނުންވެއްޖެ ނަމަ އެކަމަށް ތައްޔާރަށް ހުންނެވި ކަމުގައެވެ.

އުގައިލް މިހެން ވިދާޅުވިއިރު ޔާމީންގެ މައްސަލާގައި ލިބިފައި ހުރި ވީޑިއޯތައް އެނަލައިޒް ކުރުމަށް އިނގިރޭސިވިލާތުގެ ފޮރެންސިކު އެކްސްޕާޓުންގެ އެހީ ހިލޭ ހޯދައި ދިނުމަށް ހުށަހެޅުއްވި ކަމަށާއި ނަމަވެސް ކޮންމެ ވެސް ސަބަބބަކާ ހެދި އެ އެހީ ކަމާ ބެހޭ ފަރާތްތަކުން ބަލައި ނުގަތް ކަމަށް އުގައިލް މީގެ ކުރިންވަނީ ވިދާޅުވެފައެވެ.
ހިޔާލު

މީހުން

މިަދު މިރާއްޖެ (ޖަޒީރާ ރާއްޖެ) އަހީ ރިސްވަތުގެ ހާއްޔަކައް ވެފައިވާ ތަނެއްކަން ދެނެހުރެ ﷲ އަށްޓަކާ ތެދުބަހުން މަސައްކަތް ކޮއް ދެއްވާ އެހީތެރިވެ ދެއްވާ

މީހުން

ޥަކިއަތަކަށް ނުޖެހި ރިސްވަތުގެ ހުތުރު ފައިސާޢަށް ބަރޯސާ ނުވެ ﷲ ގެ މަތިން ހަދުމަކޮއް އިންސާފުގެމަގައް ހުރެ ކަން ކުރެވޭ ނަމަ މަރުހަބޒަ ކިޔާނަން،