Myanmar Askariyyaage 5 generalakah Australia in Fiyavalhu Alhaifi
image
މިޔަންމާގެ ސިފައިންތަކެއް---
0 ކޮމެންޓް
 

މިޔަންމާ އަސްކަރިއްޔާގެ 5 ޖެނެރަލަކަށް އޮސްޓްރޭލިޔާއިން ފިޔަވަޅު އަޅައިފި

ރޮހިންޔާ މުސްލިމުންނާ މެދު ހިންގި ލާއިންސާނީ ޖަރީމާތަކާއި ގުޅިގެން މިޔަންމާގެ އަސްކަރި ފަސް ޖެނެރަލަކަށް އޮސްޓްރޭލިޔާއިން ދަތި ކުރުމުގެ ފިޔަވަޅު އަޅައިފިއެވެ.
އޮސްޓްރޭލިޔާއިން ވަނީ އެ ފަސް ޖެނެރަލުންގެ މުދަލާއި ފައިސާތައް ހިފަހައްޓާނެ ކަން މިއަދު އިއުލާންކޮށްފައެވެ.

އޮސްޓްރޭލިޔާއިން ފިޔަވަޅު އެޅި މީހުންގެ ތެރޭގައި ހިމެނެނީ އަންގް ކިޔޮވް ޒޯއާއި، މަންގ މަންގ ސޮއިއާއި، އަންގު އަންގުއާއި، ތަން އޫއާއި، ކިން މައުންސޮއިއެވެ. އޭގެތެރޭގައި ރޮހިންޔާ މުސްލިމުންނާއި މެދު އެންމެ އަނިޔާވެރި އަމަލުތައް ހިންގި އަސްކަރީ ގުރޫޕަށް ކޮމާންޑު ކުރި ލެފްޓިނެންޓް ޖެނެރަލް ވެސް ހިމެނޭ ކަމަށް އޮސްޓްރޭލިޔާއިން ވަނީ ބުނެފައެވެ.

އޭގެތެރެއިން ބައެއް ޖެނެރަލުން މިހާރު އެހެން ތަންތަނަށް ބަދަލުކޮށްފައިވާ ކަމަށް އޮސްޓްރޭލިޔާއިން ބުނެއެވެ.

މިޔަންމާގައި ރޮހިންޔާ މުސްލިމުންނާއި ދެކޮޅަށް ހިންގަމުންދާ ޖަރީމާތަކާއި ގުޅިގެން 2016 ވަނަ އަހަރުން ފެށިގެން 700000 އެއްހާ މީހުން ވަނީ މިޔަންމާ ދޫކޮށް އެހެން ގައުމުތަކަށް ހިޖުރަކޮށްފައެވެ.
ހިޔާލު