Male' Ge Baeh Sarahahdhuthakun Current Kendijje
image
މާލޭ ސިޓީ- ފޮޓޯ: އެމްބީއާރް އެމްވީ
0 ކޮމެންޓް
 

މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިއްޖެ

މާލޭ ސިޓީގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓު ކެނޑިއްޖެއެވެ.
މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިފައިވަނީ މިއަދު ހެނދުނު 7:15 ހާއިރެވެ.

މުޅި މާލެ އަށް ކަރަންޓު ފޯރުކޮށްދެމުން އަންނަ ސްޓެލްކޯ އިން ބުނީ، މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިފައިވާތީ ސްޓެލްކޯގެ ޓީމުން އެކަން ހައްލުކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް ކަރަންޓު ކެނޑުނު ވަކި ސަބަބެއް ސްޓެލްކޯ އިން ހާމަކޮށްފައެއް ނުވެއެވެ.

ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް މާލޭގައި ދިރިއުޅެމުން އަންނައިރު މާލޭގައި އެކަނިވެސް އެއްލައްކަ ފަންސާސް ހާހަށް ވުރެ ގިނަ މީހުން އަންނަނީ ދިރިއުޅެމުންނެވެ.
ހިޔާލު