Udhuhemun Dhiya Flightegge Fiyagandu Matheegai Stunteh Jassan Ulhenikoh Vetti Rapper Jon Maruvejje
image
ޖޮން ޖޭމްސް--
0 ކޮމެންޓް
 

ފްލައިޓެއްގެ މަތީގައި ސްޓަންޓެއް ޖައްސަން އުޅެނިކޮށް ރެޕާ ޖޮން މަރުވެއްޖެ

އުނދުހެމުން ދިޔަ މަތިންދާ ބޯޓެއްގެ ފިޔަގަނޑު މަތީގައި ސްޓަންޓެއް ޖައްސަން އުޅެނިކޮށް ކެނެޑާއަށް އުފަން ރެޕާ ޖޯން ޖޯމްސީ މަރުވެއްޖެއެވެ.
އުމުރުން 34 އަހަރުގެ ޖޮން މަރުވެފައިވަނީ އޭނާ ބްރިޓިޝް ކޮލަންބިޔާގައި މަތިންދާ ބޯޓެއްގެ ފިޔަގަނޑު މަތީގައި ސްޓަންޓެއް ޖެއްސުމަށް ރެޕް ކުރަމުން ހިނގާފައި ދަނިކޮށް ވެއްޓިގެން ކަމަށް އޭނާގެ މެނޭޖްމެންޓު ޓީމުން ވަނީ ބުނެފައެވެ. އެޓީމުން ބުނާގޮތުގައި ޖޮން ވަނީ އެޕްރޮޖެކްޓުގައި މީގެ އެތައް މަހެއް ކުރިން މަސައްކަތް ކުރަން ފަށާފައެވެ.

އެގޮތުން މަތިންދާ ބޯޓު މަތީގައި އެ ސްޓަންޓު ޖެއްސުމަށް މީގެ ކުރިން އޭނާ ވަނީ އެތައް ފަހަރަކު ތަމްރީނު ހަދާފައި ކަމަށް އެ ޓީމުން ބުނެއެވެ. ޖޮން ފިޔަގަނޑު މަތިން ވެއްޓުނީ ފިޔަގަނޑުގެ ކޮޅަށް ދިއުމުން ކޮންޓްރޯލު ނުކުރެވި ފްލައިޓު އަރި އަޅާލުމުންނެވެ. ވެއްޓުނު ގަޑިގައި ޖޮންއަށް އޭނާ އަޅައިގެން ހުރި ވައި ކުޑަ ހުޅުވާ ނުލެވުނު ކަމަށް ވެސް އޭނާގެ މެނޭޖުމެންޓުން ބުނެއެވެ.

އެހާދިސާގައި އެހެން މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. ފުލުހުން އަންނަނީ އެހާދިސާ ތަހުގީގު ކުރަމުން ކަމަށް ހަބަރުތަކުން ބުނެއެވެ.
މީހުން މަރު
ހިޔާލު