Faris Jalah Laan Kuri Hukum Bathil Kurumaa Medhu Maadhamaa Highcourtun Goi Nimmanee
image
ފާރިސް މައުމޫން---
0 ކޮމެންޓް
 

ފާރިސް ޖަލަށްލާން ކުރި ހުކުމް ބާތިލު ކުރުމާ މެދު މާދަމާ ގޮތް ނިންމަނީ

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ދަރިކަލުން ފާރިސް މައުމޫނަށް ޝަހުސް އޮޅިވާލި ކަމުގެ ތުހުމަތުގައި އިއްވާފައިވާ ޖަލު ހުކުމް ބާތިލު ކުރުމާ މެދު މާދަމާ ގޮތެއް ނިންމުމަށް ތާވަލުކޮށްފިއެވެ.
އިދިކޮޅު ފަރާތްތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ ދިދަ ބޭނުން ކުރި މައްސަލާގައި ޝަހުސް އޮޅިވާލި ކަމަށް ތުހުމަތުކޮށް ހަތަރު މަހާއި 24 ދުވަހުގެ ހުކުމެއް އިއްވާފައިވެއެވެ. އެ މައްސަލަ ފާރިސް ފަރާތުން އިސްތިއުނާފު ކުރުމުން އިސްތިއުނާފު މަރުހަލާގެ ހުރިހާ އަޑުއެހުމެއް މިހާރު ވަނީ ނިންމާލާފައެވެ.

ފާރިސް ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލާން ހުކުމް ކޮށްފައިވަނީ މި ދިޔަ ޖޫން މަހުގެ 27 ވަނަ ދުވަހުއެވެ. އޭރު ވެސް ފާރިސް ހުންނެވީ ޖަލުގައެވެ.

މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ހުށަހެޅުއްވި ކަމުގެ ތުހުމަތުގައި މިދިޔަ އަހަރުގެ ޖުލައި މަހު ހައްޔަރު ކުރި ގޮތަށް ގިނަ ދުވަސްތަކެއް ފާރިސް ބަންދުގައި ހޭދަ ކުރައްވާފައިވަނިކޮށް ކަފާލާތުގެ ދަށުން ފާރިސް މިނިވަންކޮށްފައިވަނީ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހުއެވެ.

ފެބުރުއަރީ އެކެއްގައި ސްޕްރީމް ކޯޓުން ނެރުނު އަމުރާއި ގުޅިގެން ވެސް ފާރިސަށް ދައުވާ ކުރެއެވެ.
ހިޔާލު