Samaaluvey! Customerun ge Mauloomaathu Hoadhan BML inn Mail eh Nukuraane
image
0 ކޮމެންޓް
 

ސަމާލުވޭ! ކަސްޓަމަރުންގެ މައުލޫމާތު ހޯދަން ބީއެމްއެލް އިން މެއިލެއް ނުކުރާނެ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކަސްޓަމަރުންގެ އެކައުންޓްގެ މައުލޫމާތު ހިއްސާކުރަން އެދި ބީއެމްއެލްގެ ބައެއް ކަސްޓަމަރުންނަށް، ބަޔަކު ފޭކް އީމެއިލް ފޮނުވަމުންދާތީ އެކަމަށް ސަމާލުވުމަށް އެ ބޭންކުން އެދިއްޖެއެވެ. muni
ބީއެމްއެލް އިން ބުނީ ކަސްޓަމަރުންގެ އަމިއްލަ މައުލޫމާތު އޮޅުން ފިލުވުމަށް އެ ބޭންކުން އެއްވެސް ކަސްޓަމަރަކަށް އީމެއިލް ނުފޮނުވާނެ ކަމަށެވެ.

އެ ބޭންކުން ބުނި ގޮތުގައި އޮޅުވާލައިގެން އެކި ތަންތަނުގެ ނަމުގައި އެކި ފަރާތްތަކުގެ އިންޓަރނެޓް ބޭންކިންގ، ޑެބިޓް އަދި ކްރެޑިޓް ކާޑުގެ މަޢުލޫމާތު ހޯދުމަކީ މިހާރަކަށް އައިސް މުޅި ދުނިޔޭގައިވެސް ވަރަށް ބޮޑަށް ފެތުރެމުން އަންނަ ކަމެކެވެ.

އެ ގޮތުން ފޯން ކޯލް، އީމެއިލް އަދި އެސްއެމްއެސްގެ މެދުވެރިކޮށް ބައެއް ފަރާތްތަކަށް އޮޅުވާލައިގެން އެކައުންޓް ނުވަތަ ކްރެޑިޓް ކާޑުގެ މަޢުލޫމާތު ހޯދާ ކަމަށާއި އޭގެ އިތުރުން ސައްހަ ނޫން ވެބްސައިޓް ނުވަތަ އެފަދަ ވެބްސައިޓްތަކުގެ ލިންކްވެސް އެފަދަ މަޢުލޫމާތު ހޯދުމަށް ބޭނުންކުރަމުންދާ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

މި ދުވަސްވަރަކީ ބީއެމްއެލްގެ ކަސްޓަމަރުންނަށް އީމެއިލް މެދުވެރިކޮށް، އޮޅުވާލައިގެން ކަސްޓަމަރުންގެ މައުލޫމާތު ހޯދުމަށް ބަޔަކު މަސައްކަތް ކުރަމުންދާ ދުވަސްވަރެއް ކަމަށްވާތީ އެކަމަށް ހާއްސަ ސަމާލުކަމެއް ދޭން ބީއެމްއެލް އިން ވަނީ އިލްތިމާސްކޮށްފައެވެ.

"ބޭންކުގެ ފަރާތުން ކަސްޓަމަރުންނަށް ދޭން ބޭނުންވާ އެންމެ މުހިންމު މެސަޖަކީ އެކައުންޓް، އިންޓަރނެޓް ބޭންކިންގް ޔޫސަރނޭމް އަދި ޕާސްވޯޑް، ކާޑު އަދި ޕިންގެ މަޢުލޫމާތު ކާކުކަން ނޭނގޭ އެއްވެސް ފަރާތަކާ ޙިއްސާ ނުކުރުމަށެވެ." ބީއެމްއެލް އިން ބުނެއެވެ.

ބީއެމްއެލްގެ ކަސްޓަމަރުންނަށް އޮޅުވާލުމަށް އެފަދަ އަމަލުތައް ފޯނާއި އިންޓަނެޓް މެދުވެރިކޮށް ހިންގަމުންދާ ކަމަށާއި އެފަދަ ކަންކަމަށް ކަސްޓަމަރުން އަބަދުވެސް ސަމާލުވެ ތިބުމަށް ބީއެމްއެލް އިން ދަނީ އަބަދުވެސް އިލްތިމާސްކުރަމުންނެވެ.
ހިޔާލު