Channel 13 in kandaali muvazzafun nah siraj hiley gaanoonee eheetherikan dhenee
image
5 ކޮމެންޓް
 

ޗެނަލް 13 އިން ކަނޑާލި މުވައްޒަފުންނަށް ސިރާޖް ހިލޭ ގާނޫނީ އެހީތެރިކަން ދެނީ

ރާއްޖޭގެ އަމިއްލަ ޓީވީ ސްޓޭޝަނެއްކަމަށްވާ ޗެނަލް 13 އިން ކަނޑަލި މުވައްޒަފުންނަށް ގާނޫނީ އެހީތެރިކަން ހިލޭ ފޯރުކޮށްދިނުމަށް ތައްޔާރަށް ހުންނެވިކަމަށް ގާނޫނީ ވަކީލް މޫސާ ސިރާޖް ވިދާޅުވެއްޖެއެވެ.
ސިރާޖް ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ ބޭއިންސާފުން އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިކުރެވިގެން ނުވާނެކަމަށާއި ޗެނަލް 13 އިން ވަކިކުރި މުވައްޒަފުންގެ ތެރެއިން ގާނޫނީ އެހީތެރިކަން ބޭނުންވާ މުވައްޒަފުންނަށް ހިލޭ ގާނޫނީ އެހީތެރިކަން ދިނުމަށް ތައްޔާރަށް ހުންނެވި ކަމުގައެވެ.
ޗެނަލް 13 އިން ގިނަ އަދަދެއްގެ މުވައްޒަފުން ވަކިކުރަމުންދާއިރު އިއްޔެ އެކަނިވެސް 10 މުވައްޒަފަކުވަކިކޮށްފައިވާކަމަށް މައުލޫމާތު ލިބެއެވެ.

ޜައީސް ޔާމީނުގެ މަސްލަހަތު އޮންނަ ޗެނަލް 13 އިން ވަކިކުރި މުވައްޒަފަކުބުނީ ކުއްލި ގޮތަކަށް އިއްޔެ 13 މުވައްޒަފަކު ވަކިކުރިއިރު ސްޓޭޝަންގެ މުވައްޒަފުންގެ އަދަދު 50 އިންސައްތައަށް ކުޑަކުރަން ނިންމާފައިވާކަމަށް މައުލޫމާތު ލިބޭ ކަމަށެއެވެ. އަދި އެ ސްޓޭޝަންގައި ޖުމްލަ 46 މުވައްޒަފުން ވަޒީފާ އަދާ ކުރަމުން އަންނަ ކަމަށް ވެއެވެ.
ހިޔާލު

ހަބީބު

އަދިވެސް ދުވާތި ޔާމިނު ފަހަތުން 21 އަހަރު މަޖިލީހުގަ އިންއިރު ދުވަހަކުވެސް މާލެ ސަރަހައްދައް ކުރިމމަތި ލައިގެން ހޮވިފަކާނޯންނާނެ ކޮންމެސްް ރާއްޖެތެރޭ ރަށަކައް ގޮސް ތިމަންނާ މިއައީ މައުމޫނު ބުނެގެންނޭ ކިޔާ އޮޅުވާލައިގެން ހޮވެނީ އެޒަމާނަކީ މީޑިޔާ ތަޅުލެވިފަ އޮންނަޒަމާން ޔާމިނައް ވެރިކަން ނުލިބުނީމަ ވަޒީފާ ގެއްލެންޏާ ތީގަ އެބައުޅޭ އަޑިނޭނގޭ ވައްކަމުގެ އަމަލުތަކެއް އޭސީސީން މިކަން ބަލައިދިނުން އެދެން

އަހުމަދު

ކުއްލިއަކަށް މުއައްޒަފުން މަދުކުރީ ކިހިނެއްވީބާ.... ކުރިން ކިހިނެއްހަދައިގެން އެމުވައްޒަފުން މައިތިރިކުރީ.... ޙަމައެކަނިވޯޓަށްޓަކައި.......
ޗޮކުންދިއަޢީ......ހިސާބަށްވުރެމަކަރުވެވަގުވީމަ ވާނީއެހެން...

ލަޔާލް

މިހާރު މި އެނގެނީ ކިހިނެއްކަން ޗެނެލް 13 ހިންގީ

އަސްމާ

މުސާރަ ދިނީ މިހުރިހާ ދުވަހު ކޮންތަނަކުންކަން ތިކަމުން އެނގިގެން މިދަނީ

ބަކުރު އެންޑް ޒައިނަބް

ހުންނާނެ ޔާމީން އަށް ރާކަނި މަސް ކެވިފައި