Paparazzi Taimur Ge Photo Nagan Saif Beynumeh Noon
image
ތައިމޫރް--
0 ކޮމެންޓް
 

ޕަޕަރާޒީން ތައިމޫރުގެ ފޮޓޯ ނަގަން ސައިފް ބޭނުމެއް ނޫން

ބޮލީވުޑުގެ މަޝްހޫރު ބަތަލު ސައިފް އަލީ ހާނާއި ކަރީނާ ކަޕޫރުގެ ކައިވެންޏަށް ލިބިފައިވާ ތައިމޫރު އަލީ ހާންވެސް މިވަނީ އޭނާ މައިންބަފައިންނެކޭ އެއްފަދައިން މަޝްހޫރުވެފައެވެ.
ބޮލީވުޑުގައި އެންމެ 'ކިއުޓް ސްޓާކިޑް" ގެ ގޮތުގައި ގިނަ ބަޔަކު ތައިމޫރު ސިފަކުރާއިރު އޭނާއާއެކު ފޮޓޯއަކަށް ހުއްޓިލަން ލިބުމަކީ ބޮޑު ފަހުރެއް ކަމަށް ވެސް ދެކޭ މީހުން މަދެއް ނޫނެވެ. މިއަހަރުގެ ޑިސެމްބަރު މަހުގައި އުމުރުން ދެ އަހަރު ތައިމޫރަށް ފުރޭއިރު، އޭނާ ބޭރަށް ނުކުމެލާނެ ވަގުތަކަށް ކެމެރާމަނުން އެގޭ ދޮށުގައި މަޑުކޮށްލައިގެން ތިބެނީކީ ވަކި މަދެއްކޮށް ނޫނެވެ. އަދި ޕްލޭ ސްކޫލަށް ދާ ވަގުތު ވެސް ތައިމޫރުގެ ފޮޓޯ ނެގުމަށް ޕަޕަރާޒީން އޭނާގެ ސްކޫލު ދޮށަށް ދެއެވެ.

އެފަދަ ގިނަ ސަބަބުތަކާއި ހުރެ ތައިމޫރުގެ ފޮޓޯ ނަގަން ޕަޕަރާޒީން އެގޭ ދޮށުގައި ނުތިބުމަށާއި ކޮންމެ ދުވަހަކު ތައިމޫރުގެ ފޮޓޯތައް ނެގާ އޭނާ ދާ ކޮންމެ ތަނަކަށް ނުދިއުމަށް ސައިފް މިވަނީ މީޑިއާގައި އެދިފައިކަމަށް އިންޑިއާގެ ނޫސްތަކުގައި ބުނެއެވެ. އެގޮތަށް ސައިފް އެދިފައި މިވަނީ ޕަޕަރާޒީންގެ ސަބަބުން ތައިމޫރަށް އެއްްވެސް އަސަރެއް ކުރަން ސައިފް އާއި ކަރީނާ ބޭނުންނުވާތީކަމަށް ހަބަރުތައް ބުނެއެވެ.

އެހެން ކުޑަ ކުދިންނެކޭ އެއްފަދައިން ތައިމޫރަށް ވެސް އާދައިގެ ދިރިއުޅުމެއް ދޭން ބޭނުންވާކަމަށް މީގެކުރިން ސައިފް ދިން އިންޓަވިއުއެއްގައި އޭނާ ބުނެފައިވާއިރު މަޝްހޫރު ފަރާތްތަކުގެ ދަރިންނަށް އާދައިގެ ދިރިއުޅުމެއް އުޅުމަކީ އުނދަގޫކަމަކަށް ވަނީ ވެފައެވެ. ސަބަބަކީ އެމީހުން އުޅޭ ނޫޅޭގޮތާއި ދާ ގިނަ ތަންތަނުން ޕަޕަރާޒީންގެ އުނދަގޫ ފޯރުމެވެ.

ޕަޕަރާޒީންގެ އުނދަގުލުން ސަލާމަތްކުރުމަށް ތައިމޫރު ބޯޑިން ސްކޫލަކަށް ފޮނުވަން ނިންމާފައިވާކަމަށް ވެސް ހަބަރުތައް ފެތުރުނުއިރު އެކަމާއި ގުޅޭގޮތުން ސައިފް ބުނީ ތައިމޫރު ބޯޑިން ސްކޫލަކަށް ފޮނުވިޔަސް ފޮނުވާނީ އޭނާގެ އުމުރުން 13 އަހަރުވުންކަމަށެވެ.
ހިޔާލު