Palestine ge 5 Meehaku Shaheedhukohlaifi
image
0 ކޮމެންޓް
 

ފަލަސްތީނުގެ ފަސް މީހަކު ޝަހީދުކޮށްލައިފި

އިޒްރޭލާއި ގާޒާ ގުޅޭ ސަރަހައްދީ ރޮނގު ކައިރީގައި އިއްޔެ ފަލަސްތީނުގެ ރައްޔިތުން ކުރި އިހުތިޖާޖަށް އިޒްރޭލު ސިފައިން ހަމަލާދީ ފަލަސްތީނުގެ ފަސް މީހަކު ޝަހީދުކޮށްލައިފިއެވެ.
ހުކުރު ދުވަހުގެ އިހުތިޖާޖުގައި އިޒްރޭލަށް އަމާޒުކޮށް ގާޒާއިން ހަމަލާތަކެއް ދީފައިވާ ކަމަށް އިޒްރޭލުން ބުނެއެވެ.

އިޒްރޭލުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ގާޒާއިން އިޒްރާއީލަށް ގާތްގަނޑަކަށް 10 ހަމަލާއެއް ފޮނުވާލާފައިވާ ކަމަށެވެ. އޭގެ ތެރެއިން ގިނަ ހަމަލާތައް އިޒްރޭލުގެ އަޔަން ޑޯމް އޭރިއަލް ޑިފެންސް ސިސްޓަމްއިން ނައްތާލާފައިވާ ކަމަށް އިޒްރޭލުން ބުނެއެވެ.

މިއީ މިމަހުގެ ތެރޭގައި އިޒްރޭލަށް އަމާޒުކޮށް ގާޒާއިން މިހާ ގިނަ ހަމަލާ ދިން ފުރަތަމަ ފަހަރެވެ. އެ ހަމަލާތަކގައި އިޒްރޭލުގެ މީހަކު މަރުވި ކަމެއް އަދި ތަނަކަށް ގެއްލުން ލިބުނު ކަމުގެ ރިޕޯޓެއް އަދި ނުލިބެއެވެ. އެ ހަމަލާތަކުގެ ޒިންމާ ފަލަސްތީނުގެ އެއްވެސް ފަރާތަކުން އަދި ނުނަގައެވެ.

މިއަހަރުގެ މާޗް މަހުގެ 30 ވަނަ ދުވަހުން ފެށިގެން އިޒްރޭލުގެ ސަރަހައްދީ ރޮނގު ކައިރީގައި ގާޒާގެ ފަލަސްތީނު ރައްޔިތުން ކުރަމުންދާ ސިލްސިލާ އިހުތިޖާޖުތަކުގައި މިޙާތަނަށް 212 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ވަނީ ޝަހީދުކޮށްލާފައެވެ.
ހިޔާލު