Raees Nasheed Minivan Kuranvaanee Raajjeygai Ekamah Onna Nizaamuge Therein: Dunya
image
ދުންޔާ މައުމޫން-- ފޮޓޯ: ޓްވީޓާ
5 ކޮމެންޓް
 

ރައީސް ނަޝީދު މިނިވަންކުރަން ވާނީ ރާއްޖޭގައި އޮންނަ ނިޒާމުގެ ތެރެއިން: ދުންޔާ

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އިންސާފު ލިބެން އެދޭކަމަށާއި އެހެންނަމަވެސް އެމަނިކުފާނަށް އިންސާފު ހޯދުމުގެ މަސައްކަތް ކުރަން ވާނީ ރާއްޖޭގައި އޮންނަ ނިޒާމުތަކުގެ ތެރެއިންކަމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު ވިދާޅުވެއްޖެއެވެ.
އަވަސް ނޫހުން އިއްޔެ ފެށި "އަވަސް ހުކުރު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ދުންޔާ ވިދާޅުވީ އިންސާފުވެރިކަމާއެކު ރައީސް ނަޝީދަށް މިނިވަންކަން ލިބިވަޑައިގަތުމަކީ އެދޭ ވަރަށް ބޮޑު އެދުމެއްކަމަށެވެ.

ރައީސް ނަޝީދަށް އިއްވެވި ހުކުމުގެ ސަބަބުން އެމަނިކުފާނަށް ދުނިޔޭގެ ސަމާލުކަން ވަރަށް ބޮޑަށް ލިބިގެންދިޔަކަން ފާހަގަކުރައްވާ ދުންޔާ ވިދާޅުވީ އެމައްސަލާގައި އދގެ ވޯކިން ގްރޫޕުން ކުރިމަތިކުރެއްވި ސުވާލުތަކަށް ޖަވާބުދާރީވާން ޖެހިވަޑައިގަތްކަމަށެވެ. އެގޮތުން ރާއްޖެއިން ބައިވެރިވެފައިވާ މުއާހަދާތަކާއި ގުޅިގެން ކުރިމަތިވި ސުވާލުތަކަށް ޖަވާބުދާރީވާން މަސައްކަތްކޮށްފައިވާނެކަމަށް ދުންޔާ ވިދާޅުވިއެވެ.

"ރާއްޖެއަކީ އަނެއްކާ ވަރަށް ގިނަ އިންޓަނޭޝަނަލް ކޮންވެންޝަންސްތަކުގަ އަޅުގަނޑުމެން ބައިވެރިވެފަ އޮތް ގައުމެއް. ކޮންވެންޝަންސްތަކުން އަސްލުގަ މި އަންނަނީ އެލޯތައް އެބަޖެހެ ދެއްތޯ އެގައުމެއްގެ ގާނޫނުތަކުތެރެއަށް ވަންނަން. އެގޮތަށް ވަދެގެން މި އިމްޕްލިމެންޓް ކުރަންޖެހެނީ. އެހެންވީމަ، ޔޫއެން އިން ނިންމައިގެން މިނިވަންކަން ލިބޭނެކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން." ދުންޔާ ވިދާޅުވިއެވެ.

މީގެއިތުރުން ދުންޔާ ވިދާޅުވީ، އެމައްސަލަތައް ކުރިއަށް ދާން ޖެހޭނީ ރާއްޖޭގައި ހެދިފައިވާ ގާނޫނުތަކުގެ ތެރެއިންކަމަށެވެ. އަދި އެންމެންނަށް ވެސް އިންސާފު ލިބެންޖެހޭކަމަށާއި އެމީހަކު ކުރިކަމަށް ތުހުމަތުކުރާ ކުށުން ސަލާމަތްވުމުގެ ފުރުސަތު އެމީހަކަށް ލިބެންޖެހޭކަމަށް ދުންޔާ ވިދާޅުވިއެވެ.
ހިޔާލު

އަހުމަދު

އޮންނަ ހަސަދަވެރިކަންއޮންނާނެ... ދުހަކުވެސް މިމީސްމީހުންގެ އެހެންމީހަކަށްހެވެއްނޭދޭ...

ށާޢޫށަ

ސާބަހޭ. އެއީ ތެދެއް އުޞޫލުތަކުގެ ތެރެއިން ކަންކަން ކުރަންވާނީ...

ނަސް

މީނަގެ ކަންތައް ހާދަ ބޮޑުވެއްޖެއޭ. ކަމަނާގެ ބައްޕަ ސަލާމަތްވީވެސް އެމްޑީޕީ ކުރިމަސައްކަތުން.

ލަދު

ކަލޭމެން ދޯ ނަޝީދު ހައްޔަރު ނުކުރެވިގެން ދެފަޔަށް ހިނި އަރައިގެން ވެސް އުޅުނީ. އެހެންވީމަ މިނިވަން ވެދާނެތީވެސް މޭކަރާނެތާ.

ޑެންކީކޭ ކިޔާނީ

މީނާއަށް ނޭނގެނީތައް އެހުރިހާ މަރުހަލާއެއް ފުރިހަމަ ކޮށްފައިވާކަ ން. ދެންޖެހޭނީ ޑީލް ހަދަންކަން. ޖުޑިޝަރީ ރިފޯމް ކުރަން އުޅޭ ބަޔަކު ޑީލް ހެދީމާ އެވީ ކޯއްޗަށް.