Raees Nasheed Minivan Kurumuge Garaaru Madhama ah Thaaval Kohfi
image
ރައީސް ނަޝީދު---
4 ކޮމެންޓް
 

ރައީސް ނަޝީދު މިނިވަން ކުރުމުގެ ގަރާރު މަދާމާއަށް ތާވަލް ކޮށްފި

ރައީސް ނަޝީދު މިނިވަން ކުރުމުގެ ގަރާރު ރައްޔިތުންގެ މަޖިލީހުގައި ކުރިޔަށް ގެންދިއުމަށް މާދަމާއަށް ތާވަލް ކޮށްފިއެވެ.
މަޖިލީހުގެ އެޖެންޑާގައި ވާގޮތުން ރައީސް ނަޝީދު މިނިވަން ކުރުމުގެ ގަރާރު މާދަމާއަށް ތާވަލް ކޮށްފައި ވާއިރު، އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރައީސް ކަމަށް ހުވާ ކުރައްވާނެ ދުވަހެއް ކަނޑައެޅުމުގެ މައްސަލަ ވެސް ވަނީ މާދަމާ އަށް ތާވަލް ކޮށްފައެވެ.

އޭގެ އިތުރުން މާދަމާ އަށް ތާވަލް ކޮށްފައިވާ ކަންކަމުގެ ތެރެއިން އަބުރުގެ ގާނޫނާއި، އެންޓީ ޑިފެކްޝަން ގާނޫން އުވާލުމުގެ ބިލްވެސް މާދަމާއަށް ވަނީ ތާވަލް ކޮށްފައެވެ. އަދި މާދަލާގެ ޖަލްސާ ފެށުމަށް ހަމަޖެހިފައި ވަނީ ހެނދުނު 9:00 ޖަހާއިރުއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަން ކުރުމަށް ގޮވާލާ މަޖިލީހަށް ހުށަހަޅާފައިވާ ގަރާރުގައި 49 މެންބަރަކު ސޮއިކޮށްފައިވެއެވެ. އެ ގަރާރުގައި ޕީޕީއެމްގެ 13 މެންބަރަކު ވަނީ ސޮއި ކުރައްވާފައެވެ.

މަޖިލީހުގެ ޖަލްސާތައް އާދިއްތަ ދުވަހު ފަށައިގަންނަ އިރު ޖަލްސާތައް ނުބާއްވާ އޮންނަތާ ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ.

އިދިކޮޅު ފަރާތްތަކުން ވަނީ މަޖިލީހުގެ ރައީސް ކަމުން އަބްދުﷲ މަސީހު ދުރު ކުރުމަށް ވެސް އިއްޔެ ހުށަހަޅާފައެވެ މަސީހާ ދެކޮޅަށް 51 މެންބަރަކު ސޮއި ކުރެއްވިއެވެ. އޭގެތެރޭގައި ޕީޕީއެމްގެ 14 މެންބަރަކާއި އެމްޑީއޭގެ މެންބަރަކު ހިމެނެއެވެ.
ހިޔާލު

soolasiraz

ހޭބަލިވެ ހޭކެޑިގެން ނުތެޅިބަލަ ލާދީނީ ބައިގަޑާ ފަޑިޔާޔަރަކު ނިދާފައޮއްވާ ރަހީނުކޮއް ވަގައް ނަގާގެން 13 އަހަރުގެ ޖަލުހުކުމެއްކުރީމަ ހުޅަގުގެ ލާދީނީ ޖަމާތްތަކުން ބިލިއަނުން ޑޮލަރު ދިނީމަ ތިތިބަތެޅިއަރުވަނީ..........؟؟

ރައިސް

ގަރާރެއް ފާސް ކުރިޔަކަސް މިނިވަނެއް ނުވާނެ. މިނިވަން ކުރަން ޖެހޭނީ ކޯޓުން. ވަރަށް ސަލާން.

މސ

ރައްޔިތުންގެ މަޖިލީހުން ދިވެހިރާއްޖޭ ސްޕްރީމް ކޯޓްގެ
ދާއިރާއަށް ވަނުމަކީ ބާރުތައް މަސްހުނިވެ ޑިމަކްރަސީ
އުވިގެންދާނެ ކަމެކެވެ މަޖިލީހުގެ އިއްޒަތްތރި މެންބަރުން ޒިންމާދާރު ވެވަޑައިގަތުމަށް އިލްތިމާސް
ދަންނަވަމެވެ.

އަލިބޭ

މީ މިގައުމަށް ޖެހިފަވާ ބޮޑު އުދަގުލެއް