Manish ge Faraathun Deepika-Ranveer adhi Priyanka-Nick ah Hassa Message eh
image
ދީޕިކާ-ރަންވީރު އަދި ޕްރިޔަންކާ-ނިކް--
0 ކޮމެންޓް
 

މަނީޝްގެ ފަރާތުން ދީޕިކާ-ރަންވީރު އަދި ޕްރިޔަންކާ-ނިކް އަށް ހާއްސަ މެސެޖެއް

އިންޑިއާގެ މައްޝޫރު ފެޝަން ޑިޒައިނަރު މަނީޝް މަލްހޯތްރާގެ ފަރާތުން ދީޕިކާ ޕަޑުކޮން އަށާއި ރަންވީރު ސިންގަށް އަދި ޕްރިޔަންކާ ޗޯޕްރާ އަށާއި، ނިކް ޖޯނަސް އަށް ހާއްސަ މެސެޖެއް ފޮނުވައިފިއެވެ.
މިހާރު ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަނީ ބޮލީވުޑްގެ މަޝްހޫރު ދެ ތަރިންކަމަށްވާ ރަންވީރު އާއި ދީޕިކާ އަދި މަޝްހޫރު ތަރި ޕްރިޔަންކާ އާއި ހޮލީވުޑުގެ ލަވަކިޔުންތެރިޔާ ނިކްއާ ކައިވެނި ކުރާނެ ދުވަހަކަށެވެ. ހަތަރު ފަންނާނުންވެސް ކައިވެންޏަށް ތައްޔާރު ވަމުން އަންނައިރު ރަންވީރާއި ދީޕިކާގެ ކައިވެނީގެ ހަފުލާތައް އޮންނާނީ އަންނަ މަހުގެ 14 އަދި 15 ވަނަ ދުވަހުކަމަށެވެ. އަދި ޕްރިޔަންކާ އާއި ކިންގެ ކައިވެނީގެ ހަފްލާ އޮތީ ތާރީހު އަދި ފައިނަލް ނުކުރި ނަމަވެސް އެފަންނާނުންގެ ކައިވެނިވެސް އޮތީ އަންނަ މަހުގައި ކަން ވަނީ ހާމަކޮށްފައެވެ.

ދާދި ފަހުން ޑިޒައިނަރ މަނީޝް ވަނީ އޭނާގެ އެކްސް ވެޑިން ޖަންކްޝަން ފެސްޓިވަލް ޝޯގައި ރަންވީރު އާއި ދީޕިކާ އަދި ޕްރިޔަންކާ އާއި ނިކް އަށް ހާއްސަ މެސެޖެއް ދީފައެވެ. އެގޮތުން މަނީޝް ބުނީ އޭނާ ރަންވީރު އަދި ދީޕިކާ ދެކެ ވަރަށް ލޯބިވާކަމަށެވެ. އެގޮތުން ދެތަރިންނަކީ ވެސް ވަރަށް މޮޅު އެކްޓަރުން ކަމަށާއި ދީޕިކާ މޮޑެލްއަކަށް އުޅުން އިރުއްސުރެ އިނގޭކަމަށާއި އެދެތަރިންނަށް ވަރަށް ކާމިޔާބު ދަތުރުތަކަށް އެދޭކަމަށް މަނީޝް ވަނީ ބުނެފައެވެ.

އޭގެ އިތުރުން ޕްރިޔަންކާ އާއި ނިކް އާ ބެހޭގޮތުން ވާހަކަ ދައްކަމުން މަނީޝް ބުނީ އެދެމީހުން އެކުގައި ވަރަށް ގުޅޭކަމަށެވެ. އަދި އެދެމީހުންނަށް ދުނިޔޭގެ ހުރިހާ އުފާތައް އެދޭކަމަށް މަނީޝް ވަނީ ބުނެފައެވެ.

ދީޕިކާ އާއި ރަންވީރުގެ ޖޯޑަށް "ދީޕްވީރު" ގެ ނަން ސަޕޯޓަރުން ދީފައިވާއިރު އެދެމީހުންގެ ކައިވެނި ހަފްލާ އޮތީ މުންބައިގެ ވަކޮލާގެ ފައިވް ސްޓާ ހޮޓަލެއްގައި ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި ޕްރިޔަންކާ އާއި ނިކް އަށް "ނިކްޔަންކާ"ގެ ނަން ދެވިފައިވާ އިރު އެދެފަންނާނުގެ ކައިވެނި ބޭއްވުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ ޖޯދްޕުރްގެ އުމެދް ބަވަން ގައި ކަމަށް ރިޕޯޓުތައް ބުނެއެވެ.
ހިޔާލު