Georgiage Voters Listugai Photo Ebahuri, Adhi Dhuvaa Faahagaeh Nufeney: EC Habeeb
image
1 ކޮމެންޓް
 

ޖޯޖިޔާގެ ވޯޓާސް ލިސްތުގައި ފޮޓޯ އެބަހުރި، އަދި ދުވާ ފާހަގައެއް ނުފެނޭ: އީސީ ހަބީބު

ޖޯޖިޔާގެ ރިޔާސީ އިންތިހާބު ފެށިގެން ކުރިއަށްދާއިރު، ވޯޓާސް ލިސްޓުގައި ފޮޓޯ ޖަހާފައި އެބަހުރި ކަމަށާއި އަދި ދުވާ ފާހަގަ ނުފެނޭ ކަމަށް އިލެކްޝަން ކޮމިޝަނުގެ މެމްބަރު އިސްމާއިލް ހަބީބު ވިދާޅުވެއްޖެއެވެ.
ޖޯޖިޔާގެ އިންތިހާބު ދާގޮތް ބެލުމަށް ޖޯޖިޔާގައި ހުންނަވައި ހަބީބު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ލޯކަލް އޮބްސާވަރުން ކެމްޕޭން ކުރައްވާތަން ނުފެންނަ ކަމަށާއި، އިންތިހާބުގެ ކޯޑް އޮފް ކޮންޑަކްޓާ އެއްގޮތައް އަމަލު ކުރަމުންދާތަން ފެންނަ ކަމަށެވެ.

އިލެކްޝަން ކޮމިޝަން މެމްބަރު ހަބީބު ވިދާޅުވީ ޖޯޖިޔާގެ ރިޔާސީ އިންތިހާބުގައި 25 ކެންޑިޑޭޓުން ވާދަ ކުރާއިރު، ދުވާ ފާހަގައެއް އަދި ފެނިފައި ނުވާ ކަމަށެވެ.

ހަބީބު މިގޮތަށް ވިދާލުވެފައި ވާއިރު ރާއްޖޭގައި މިފަހަރު ބޭއްވުނު ރިޔާސީ އިންތިހާބުގައި ވޯޓާސް ލިސްޓުގައި ފޮޓޯ ޖެހުމަށް އިދިކޮޅު ފަރާތްތަކުން އެތައް ފަހަރަކު ވަނީ އެދިފައެވެ. އަދި އިންތިހާބުން ރައީސް އަބްދުﷲ ޔާމީން ބޮޑުތަނުން ބަލި ވުމުން އިންތިހާބު ބާތިލް ކުރުމަށް ސްޕްރީމް ކޯޓަށް ހުށަހެޅި ހުއްޖަތެއްގެ ގޮތުގައި ދުވާ ފާހަގައެއްގެ ވާހަކަ ވަނީ ހިމަނުއްވާފައެވެ.

ޖޯޖިޔާގައި ބޭއްވޭ ހަތް ވަނަ ރިޔާސީ އިންތިހާބުގެ ވޯތުލުން ފެށިގެން ކުރިއަށްދާއިރު 25 ކެންޑިޑޭޓަކު ވާދަ ކުރެއެވެ. ސޯވިއެޓް ޔޫނިއަނުން ވަކިވެ، ޖޯޖިއާއިން މިނިވަންކަން އިއުލާން ކޮށްފައި ވަނީ 1991 ވަނަ އަހަރުގައެވެ.
ހިޔާލު

ކާލި

ހަބީބަށް އަދި ދުވާ ފާހަގަ ނުފެންނަނީ އެސޮރު އުފަންވަނީ ވޯޓް ގުނާ ނިމި ނަތީޖާ އިއުލާންކޮށް މޮޅުވާ ކެންޑިޑޭޓްވެސް އެގި އެންމެން މަރުހަބާވެސް ކިޔާފަހުން !