Ibu Nov 11 gai Huvaakuran Faaheh Nuvi
image
0 ކޮމެންޓް
 

11 ނޮވެމްބަރުގައި އިބޫ ހުވާކުރަން ފާހެއް ނުވި، މައްސަލަ ކޮމިޓީއަކަށް

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހޮވާކުރައްވުމުގެ ޖަލްސާ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ބޭއްވުމަށް ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ ހުށަހެޅުއްވި ހުށަހެޅުން ރައްޔިތުންގެ މަޖިލީހުން ފާހެއް ނުވިއެވެ.
އިބްރާހިމް ދީދީގެ ހުށަހެޅުމަށް 29 މެމްބަރަކު ނޫނެކޭ ބުނިއިރު، 8 މީހަކު ވަނީ އެ ހުށަހެޅުން ފާސްކުރުމަށް ވޯޓް ދީފައެވެ.

އިބްރާހިމް ދީދީ ހުށަހެޅުއްވި ހުށަހެޅުން ފާސް ނުވި ނަމަވެސް ޕީޕީއެމް ޕީޖީގެ ނައިބު ރިޔާޒު ރަޝީދު ހުށަހެޅުއްވި އެ މައްސަލައަށް ވަކިން ކޮމެޓީއެއް އެކުލަވާލައި ކޮމެޓީއަށް މައްސަލަ ފޮނުވުމުގެ ހުށަހެޅުމުން 68 މެމްބަރުންގެ އަގުލަބިއްޔަތުން މި ހުށަހެޅުން ވަނީ ފާސްކޮށްފައެވެ. މި ހުށަހެޅުމާއި ދެކޮޅަށް ވޯޓް ދީފައި ވަނީ އެންމެ މެމްބަރެކެވެ.

މިއަދު ވަނީ މި މައްސަލަ ބެލުމަށް ހަތް މެމްބަރުންގެ ކޮމިޓީއެއް އެކުލަވާލާފައެވެ. އެ ހަތް މެމްބަރުންނަކީ ވިލުފުށި މެމްބަރު ރިޔާޒު ރަޝީދު، މަތިވެރި މެމްބަރު ހުސައިން މުހައްމަދު، ކަނޑިތީމު މެމްބަރު މުހައްމަދު ހުސައިން، ހެންވޭރު އުތުރު މެމްބަރު އަބްދުﷲ ޝާހިދު، މީދު މެމްބަރު ރޮޒައިނާ އާދަމާއި ކެލާ މެމްބަރު އަލީ އާރިފާއި ކުޑަހުވަދޫ މެމްބަރު އަހްމަދު އާމިރެވެ.

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހުވާ ކުރެއްވުމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައި މި ވަނީ އެ މައްސަލާގައި އާއްމުންގެ މެދުގައިވެސް ހިޔާލު ތަފާތުވުންތަކެއް އުފެދިފައި ވަނިކޮށެވެ. ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުން މިއަދުވެސް ވިދާލުވީ އެއީ ބަހުސް ކުރަން ޖެހޭ ކަމެއް ނޫން ކަމަށާއި، އިބޫ ހޮވާކުރައްވަން ޖެހިވަޑައިގަންނަވާނީ ނޮވެމްބަރު 11 ވަނަ ދުވަހު ކަމަށެވެ.
ހިޔާލު