India aa Eku Masahkai Kurumah Japan ge Viyafaariverinnah Govaalaifi
image
0 ކޮމެންޓް
 

އިންޑިއާއާއެކު މަސައްކަތް ކުރުމަށް ޖަޕާނުގެ ވިޔަފާރިވެރިންނަށް ގޮވާލައިފި

އިންޑިއާ އާއި ގުޅިގެން އިތުރަށް މަސައްކަތް ކުރުމަށް ޖަޕާނުގެ ވިޔަފާރިވެރިންނަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޮޑީ ގޮވާލައްވައިފިއެވެ.
ބޮޑު ވަޒީރު މޮޑީ އެކަމަށް އެދިވަޑައިގެންނެވީ 13 ވަނަ އިންޑިއާ-ޖަޕާން އަހަރީ ސަމިޓްގައި ބޭއްވި ފޯރަމެއްގައެވެ

ޖަޕާނުގެ ބައެއް އިސް ވިޔަފާރިވެރިންނާއެކު ބޭއްވުނު ފޯރަމެއްގައި ވާހަކަ ދައްކަވަމުން މޮޑީ ވަނީ، އިންޑިއާއާއެކު އިތުރަށް ގުޅިގެން މަސައްކަތް ކުރުމަށް އެދިވަޑައިގެންފައެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒުން ހާމަކުރި ގޮތުގައި ކަންކަން ރަނގަޅު ކުރުމަށް އެގައުމުގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއި ހުށަހެޅި ހިޔާލުތަކަށް ޖަޕާނުގެ ވިޔަފާރިވެރިން ވަނީ ތާއީދުކުރާކަން ހާމަކޮށްފައެވެ.


ޖަޕާން މޮޑީ އިންޑިއާ
ހިޔާލު