Israel inn Gaza ge 3 Kujjaku Shaheedhukohlaifi
image
ގާޒާއަށް ދިން ހަމަލާއެއް
0 ކޮމެންޓް
 

އިޒްރޭލުން ގާޒާގެ ތިން ކުއްޖަކު ޝަހީދުކޮށްލައިފި

އިޒްރޭލުން ގާޒާއަށް ވައިގެ މަގުން ދިން ހަމަލާއެއްގައި ފަލަސްތީނުގެ ތިން ކުއްޖަކު ޝަހީދުކޮށްލައިފިއެވެ.
ފަލަސްތީނުގެ ކަމާބެހޭ އިދާރާތަކުން ހާމަކުރި ގޮތުގައި، އިޒްރޭލުން ދިން ހަމަލާގައި ޝަހީދުކޮށްލާފައިވަނީ އުމުރުން 12 އަހަރާއި 14 އަހަރާއި ދެމެދުގެ ކުދިންނެވެ.

އިޒްރޭލުން އެ ކުދިންނަށް ހަމަލާދީފައިވަނީ ގާޒާ އާއި އިޒްރޭލު ގުޅޭ ސަރަހައްދީ ރޮނގު ކައިރީގައި ހުރި ފެންސް ކައިރިންނެވެ. އިޒްރޭލުން ބުނި ގޮތުގައި އެގައުމުގެ ވައިގެ ސިފައިން އެ ކުދިންނަށް ހަމަލާދިނީ ސެކިއުރިޓީ ފެންސް ކައިރިއަށް ގޮސް ފެންސްގައި ބޮން ހަރުކުރުމަށް މަސައްކަތް ކުރުމުންނެވެ.

މިއަހަރުގެ މާޗް މަހުގެ 30 ވަނަ ދުވަހުން ފެށިގެން ގާޒާ އާއި އިޒްރޭލު ގުޅޭ ސަރަހައްދީ ރޮނގު ކައިރީގައި ފަލަސްތީނުގެ ރައްޔިތުން އިހުތިޖާޖު ކުރަމުންދާއިރު މިހާތަނަށް ފަލަސްތީނުގެ 214 މީހަކު ވަނީ ޝަހީދުކޮށްލާފައެވެ.
އިޒްރާއީލް ގާޒާ
ހިޔާލު