Ranveer Vaan Beynunvani Taimur ge Bappa ah
image
ތައިމުރް އާއި ރަންވީރު--
0 ކޮމެންޓް
 

ރަންވީރު ވާން ބޭނުން ވަނީ ތައިމުރުގެ ބައްޕައަށް

ބޮލީވުޑްގެ އެކްޓަރު ރަންވީރު ސިންގް، އެކްޓަރު ސައިފް އަލީ ހާން އާއި ކަރީނާ ކަޕޫރު ގެ ދަރިފުޅު ތައިމުރު އަލީ ހާންގެ ބައްޕައަށް ވާން ބޭނުންވާކަމަށް އޭނާ ބުނެފިއެވެ.
ކެމެރާއާ ރައްޓެހި، ތައިމުރަކީ ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ކުއްޖެކެވެ. ގިނަ ބަޔަކު ތައިމުރު ފިލްމަކުން ފެންނާނެ ދުވަހަކަށް ކެތްމަދުވެފައި ތިބިއިރު ރަންވީރު ވަނީ ތައިމުރާ އެކީ ފިލްމު ކުޅެން ބޭނުން ވާކަމަށް ބުނެފައެވެ.

މަޝްހޫރު ޓީވީ ޝޯ، ކޮފީ ވިތު ކަރަން ސީޒަން ހައެއްގައި ދެވަނަ ރަންވީރާއި އަކްޝޭ ކުމާރާއެކުގައި ފެނިގެންދާއިރު އެޝޯތެރެއިން ރަންވީރަށް ވަނީ ފިލްމުކުޅެން އެންމެ ބޭނުންވާ ހާން އެއްގެ ނަން ބުނުމަށް އެދިފައެވެ. އެގޮތުން ރަންވީރު ވަނީ އޭނާގެ ސްޓައިލުގައި އެސުވާލަށް ޖަވާބު ދީފައެވެ.

އެގޮތުން ރަންވީރު ބުނީ ހާނުންގެ ތެރެއިން އޭނާ ނަގާނީ ޝާހު ރުކް ހާނާއި ސަލްމާނު ހާނާއި އާމިރު ހާނުގެ އަށް ވުރެ ވަރުގަދަ ފަންނާނެއް ކަމަށެވެ. އަދި އެއީ ތައިމުރު ކަމަށް ރަންވީރު ވަނީ ބުނެފައެވެ. އަދި ރަންވީރު ބުނިގޮތުގައި އޭނާ ބޭނުންވަނީ މުސްތަގުބަލުގައި ފިލްމުކުން ތައިމުރުގެ ބައްޕަގެ ރޯލު ކުޅެން ކަމަށެވެ.

މިމަހުގެ 21 ގައި ކޮފީ ވިތު ކަރަން ދައްކަން ފެށިއިރު އެޝޯގެ ފުރަތަމަ އެޕިސޯޑުން ފެނިގެން ދިޔައި ބޮލީވުޑްގެ ދެބަތަލާއިން ކަމަށްވާ ދީޕިކާ ޕްޑުކޮން އަދި އާލިއާ ބަޓެވެ. ރަންވީރު މިހާރު ދަނީ "ސިމްބާ"ގައި މަސައްކަތް ކުރަމުންނެވެ.

ހިޔާލު