Komolika ge Role Hina Ah Dhin Sababu Engeytha?
image
ހީނާ ހާން އާއި ކަސޯޓީގެ ފުރަތަމަ ބައިން ކޯމޮލިކާގެ ރޯލުން ފެނިފައިވާ އުރްވަޝީ--
0 ކޮމެންޓް
 

ކޯމަލިކާގެ ރޯލު ހީނާއަށް ދިން ސަބަބު އެނގޭތަ؟

އެކްތާ ކަޕޫރުގެ އެންމެ މަގްބޫލު އެއް ޑްރާމާ ކަމަށްވާ ކަސޯޓީ ޒިންދަގީ ކޭގެ އެންމެ އައިކޯނިކް ރޯލުކަމުގައިވާ "ކޯމޮލިކާ" ގެ ރޯލަށް ނަގާފައިވާ ކޮން ތަރިއެއްކަން އެކްތާ ރަސްމީކޮށް އިއުލާނުކުރީ ވަރަށް ފަހުންނެވެ.
ކޯމޮލިކާގެ ރޯލުން ފެނިގެންދާނީ އެޝޯގެ ފުރަތަމަ ބައިގާ ވެސް ކޯމޮލިކާގެ ރޯލަށް ނެގި އުރްވާޝީ ދޯލަކިއާ ތޯ އެއް ބަޔަކު ސުވާލު އުފައްދާފައިވެއެވެ. ނަމަވެސް އެޝޯއަށް ސްޓާ ޕްލަސް އިން ދައްކަމުން އަންނަ ޔޭ ރިޝްތާ ކިޔާ ކެހްލާތާ ހޭގައި އަކްޝަރާގެ ރޯލުން ގިނަ ބައެއްގެ މަގްބޫލުކަން ހޯދި ހީނާ އެރޯލަށް ނެގި ހަބަރާއެކު ގިނަ ބަޔަކަށް ހައިރާކަން ގެނުވިއެވެ.

ކޯމޮލިކާގެ ރޯލު ހީނާއަށް ދިނީ ކީއްވެތޯ ދާދިފަހުން ހީނާ ސުވާލުކުރުން އެކްތާ ބުނީ، އަށް އަހަރު ދުވަސް ވަން ދެން ބެލުންތެރިންނަށް ހީނާ ފެނިފައިވަނީ "ބަހޫ" އެއްގެ ރޯލުންކަމަށެވެ. އެހެންކަމުން ކޯމޮލިކާގެ ރޯލު ފަދަ އައިކޯނިކް ރޯލެއް ދީ އެކަން ބަދަލުކޮށްލަން ބޭނުންވީކަމަށް އެކްތާ ބުނެއެވެ.


އެކްތާގެ އެޖަވާބާއެކު ހީނާ ބުނީ، އޭނާ އެފަދަ ރޯލަކުން ފެނިގެންދާނެކަމަށް މީހަކު ހިތަށް ވެސް ނާރާނެކަމަށެވެ. ޓީވީ އެކްޓަރުންގެ ތެރޭގައި އެންމެ ނަން ހިނގާ އެއް ތަރިކަމަށްވާ ހީނާ އެ ޑްރާމާ ކުޅެން އެއްބަސްވެފައިވަނީ އޭނާއަށް ކޮންމެ އެޕިސޯޑަކަށް 2.25 ލައްކަ ރުޕީސް ދޭނެކަމަށް އެޑްރާމާ އުފައްދާ ޓީމުން އެއްބަސްވުމުންކަމަށް ހަބަރުތައް ބުނެއެވެ.

މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ހީނާ އެ ޑްރާމާގެ ޝޫޓިންތައް ފެށިއިރު އޭނާގެ އެކްޓިން އެޝޯގައި ރޭ ވަނީ ފެނިގެންގޮސްފައެވެ. ކޮމޮލިކާގެ ރޯލުން ހީނާ ފެނިގެންދާއިރު ޕްރެނާގެ ރޯލުގައި މަސައްކަތް ކުރަމުން އަންނަނީ އެރިކާ ފެނާންޑެޒެވެ. އަދި އަނޫރާގަކީ ޕާތް ސަމްތާންއެވެ. ކަސޯޓީގެ ދެވަނަ ބަޔަށް ވެސް ބެލުންތެރިންގެ ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ.
ހިޔާލު