Mona Lisa ge Photo eh 2000 Paan Fothi Beynunkohgen Hadhaifi
image
ޕާން ބޭނުންކޮށްގެން ހަދާފައިވާ މޮނަ ލިސަގެ ކުރެހުން--
0 ކޮމެންޓް
 

2000 ޕާން ފޮތި ބޭނުންކޮށްގެން މޮނަ ލިސަގެ ކުރެހުމެއް ހަދައިފި

މޮނަ ލިސަގެ ކުރެހުމެއް 2000 އަށް ވުރެ ގިނަ ޕާން ފޮތި ބޭނުންކޮށްގެން ހަދައިފިއެވެ.
މޮނަ ލިސައަކީ އިޓަލިއަން ރެނައިސެންސު ގެ އާޓިސްޓެއްކަމަށްވާ ލިއެނާޑޯ ޑަ ސިންސީ ކުރަހާފައިވާ ޕޯޓްރައިޓް ކުރެހުމެކެވެ. 1797 ވަނަ އަހަރުން ފެށިގެން ލުއަވްރޭ މިއުޒިއަމްގައި ބަހައްޓާފައިވާ އެކުރެހުމަކީ ގިނަ ބަޔަކަށް ކަމުދާ ރީތި ކުރެހުމެކެވެ.

ދާދި ފަހަކުން ޖަޕާނުގެ ސިޓީއެއް ކަމަށްވާ ފުކުއޮކާގެ "ކުކިން އެންޑް ކޮންފެކްޝަނަރީ ސުކޫލް" ގެ ދަރިވަރުން ވަނީ ޕާން ބޭނުންކޮށްގެން މޮނަ ލިސަ ގެ ފޮޓޯއެއް ހަދާފައެވެ. އެގޮތުން ޖުމްލަ 2200 ޕާން ފޮތި ބޭނުންކުރިއިރު އެމަސައްކަތް އެކުދިންވަނީ ނަކަމުރަ ކަލްނަރީ ސުކޫލުގެ އެނުވަލް ފެސްޓިވަލުގައި އާންމުންނަށް ދައްކާލާފައެވެ.

ޖުމްލަ 30 ކުދިންގެ އެހީގައި ކުރި އެމަސައްކަތައް ދެ މަސްދުވަސް ނެގިކަމަށް ހަބަރުތަކުން ބުނެއެވެ. ދިގުމިނުގައި 2.4 މީޓާރު އަދި ފުޅާމިނުގައި 1.5 މީޓަރު ހުންނަ އެ ކުރެހުން ހަދާފައިވަނީ ޕާން ފޮތިތައް ހޫނުކޮށްގެންނެވެ. އެގޮތުން ހުދު ޕާނާއި ކޮކޯ ޕައުޑާ ބޭނުންކޮށް ގަދަ މުށި ކުލައިގެ ޕާން ވަނީ އެކުރެހުން ހެދުމަށް ބޭނުންކޮށްފައެވެ. ޕާންތައް ފުލައިވުޑެއްގައި ހަރުކޮށްފައިވާއިރު ގިނަ ބަޔަކަށް ވަނީ އެކުދިންގެ މަސައްކަތް ކަމުގޮސްފައެވެ.
ޖަޕާން
ހިޔާލު