EC ge muvazzafun nah biru dhakkamun gendhaakamah bunefi
image
އީސީގެ ބައެއް މެމްބަރުން
1 ކޮމެންޓް
 

އީސީގެ މުވައްޒަފުންނަށް ބިރުދައްކަމުން ގެންދާކަމަށް ބުނެފި

މިދިޔަ މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ މަސައްކަތުގައި އުޅުނުން އިލެކްޝަންސް ކޮމިޝަނުގެ ވަގުތީ މުވައްޒަފުންގެ ފޯނަށް އިލެކްޝަންސް ކޮމިޝަނުގެ ނަމުގައި ގުޅައި، އޭގެ ބަޔެއް މުވައްޒަފުން އިލެކްޝަންސް ކޮމިޝަނުގެ ޢިމާރާތާ ހަމަޔަށް ގެނެސް، އެ މުވައްޒަފުންނަށް އޮޅުވާލައިގެން، އެހެން ތަންތަނަށް ގެންގޮސް، އެފަދަ މުވައްޒަފުންނާ އިލެކްޝަންސް ކޮމިޝަނުގެ ނަމުގައި ސުވާލުކޮށް، ބިރުދައްކައި ހަދަމުން ގެންދާ ކަމަށް އެކޮމިޝަނުން ބުނެފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ އިންތިހާބުގައި ހަރަކާތްތެރިވި ވަގުތީ މުވައްޒަފުންގެ އިތުރުން ކޮމިޝަނުގެ ބަޔެއް މުވައްޒަފުންނާއި، މެންބަރުންނަށާއި، ޢާއިލާތަކަށްވެސް ބިރުދައްކަމުން ގެންދާކަން ކަމުގައެވެ.

"މި ކަމަކީ، ސިޔާސީ ޕާޓީއަކުން ނުވަތަ ޕާޓީއަކަށް ތާއީދުކުރާ ސިޔާސީ ވަކިބަޔަކު އިސްވެ ތިބެގެން ކުރާ ކަމަކަށްވީނަމަވެސް، މިފަދަ ޢަމަލުތަކަކީ، ޤާނޫނު ނަންބަރު 4/2013 (ސިޔާސީ ޕާޓީގެ ޤާނޫނު)ގެ 7 ވަނަ މާއްދާގެ (ހ) ގެ 5 ވަނަ ނަންބަރާ ޚިލާފު، އަދި ޑިމޮކްރެސީ އާ ވަރަށް ބީރަށްޓެހި، ވަރަށް ނާތަހުޒީބު ޢަމަލަކަށްވާތީ، މި ފަދަ ޢަމަލުތައް އިލެކްޝަންސް ކޮމިޝަނުން ހަރުކަށި ޢިބާރާތުން ކުށްވެރި ކުރަމެވެ"

އީސީންބުނީ އިންތިހާބުގެ މަސައްކަތާ ގުޅިގެން، އިލެކްޝަންސް ކޮމިޝަނުގައި ވަގުތީގޮތުން މަސައްކަތް ކުރި މުވައްޒަފުންނާއި، އަދި މިހާރު ކޮމިޝަނުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ފަރާތުން މަޢުލޫމާތެއް އިލެކްޝަންސް ކޮމިޝަނުން ސާފުކުރަން ބޭނުންނަމަ، އެކަން އެފަދަ މުވައްޒަފުންނަށް އަންގާނީ، ރަސްމީ ގޮތުން، ކޮމިޝަނުގެ ލިޔުމަކުން ނުވަތަ ކޮމިޝަނުގެ ފޯނު ލައިނަކުން ކަމުގައެވެ.

އީސީގެ ބަޔާނުގައި ބުނެފައިވަނީ މިފަދަ ނާތަހުޒީބު ޢަމަލުތައް ނުކުރުމަށާއި، ޤާނޫނުއަސާސީ ގެ 24 ވަނަ މާއްދާއިން، މި ކޮމިޝަނުގެ މުވައްޒަފުންނަށާއި، މެންބަރުންނަށް ލިބިދީފައިވާ ޒާތީ ދިރިއުޅުމުގެ ޙައްޤަށް އަރައި ނުގަތުމަށް އިލްތިމާސް ކުރާ ކަމުގައެވެ.
ހިޔާލު

.އެއްކަލަ

.އެއީ ކުރެވުން ކަންތައް ވިސްނި އަމިއްލައަށް ބިރުހީވެގެން ދައްކާނެ ނުދައްކާނެ ވާހަކައެއް ނެތިގެން މީހުންގެ ސަމާލުކަން ހޯދާން ވެގެން ފުއްމާ ދުއްމާރިއެއް ވަރަށް އަވަހަށް އަދި ވިއްކަން ޖެހޭ ކަންތައްގަނޑެއް އެބަ އޮތެއްނޫން