Koffee with Karan ge Final Episode ah Shah aai Ranbir Ekugai
image
ޝާހު ރުކް ހާނާއި ރަންބީރު ކަޕޫރު--
0 ކޮމެންޓް
 

"ކޮފީ ވިތް ކަރަން"ގެ ފައިނަލް އެޕިސޯޑަށް ޝާހު އާއި ރަންބީރު އެކުގައި

މަޝްހޫރު ޓީވީ ޝޯ ކޮފީ ވިތް ކަރަންގެ ހަވަނަ ސީޒަންގެ ފައިނަލް އެޕިސޯޑަށް ޝާހު ރުކް ހާނާއި ރަންބީރު ކަޕޫރު އެކުގައި އަންނަން އުޅޭކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފިއެވެ.
ބޮލީވުޑްގެ މަޝްހޫރު ޕްރޮޑިއުސަރު ކަރަން ޖޯހަރު ހުށަހަޅައިދޭ އެޝޯއަކީ ސްޓާ ވޯލްޑް އިން ދައްކަމުން އަންނަ މުނިފޫހިފިލުވުމުގެ ވާހަކަތައް ދައްކާ ޝޯއެކެވެ. އެގޮތުން އެ ޝޯގެ ހަވަނަ ސީޒަން މިހާރު ފަށާފައިވާއިރު އެ ޝޯގެ ފުރަތަމަ ދެ އެޕިސޯޓު ވަނީ ދައްކާފައެވެ. ޝޯގެ ފުރަތަމަ އެޕިސޯޑަށް ދީޕިކާ ޕަޑުކޮނާއެކު އާލިއާ ބަޓު ފެނިގެންދިޔައިރު ދެވަނަ ޝޯގައި ފެނިގެންދިޔައީ ރަންވީރް ސިންގް އާއި އަކްޝޭ ކުމާރެވެ.

އެޝޯގެ ކުރިއަށް އެޕިސޯޑުގައި އާމިރު ހާނު އެކަނި ފެނިގެންދާއިރު އާމިރު ހާނަށް ފަހު އަރުޖުން ކަޕޫރާއި ޖާންވީ، ސައިޕް އަލީ ހާނާއި ސާރާ އަލީ ހާން، ވިކީ ކައިޝަލާއި އަޔުޝްމަން އަދި ކަރީނާ ކަޕޫރާއި ޕްރޮޔަންކާ ޗޯޕްރާ ވެސް ޝޯގެ އެޕިސޯޑުތަކުން ފެނިގެންދާނެއެވެ.

ގިނަ ބަޔަކު ޝޯގެ ފައިނަލް އެޕިސޯޑުގައި ފެނިގެންދާނެ ފަންނާނުންނާ މެދު ސުވާލުއުފައްދަމުން އަންނަ އިރު އިންޑިއާގެ ނޫހަކުން ވަނީ ފައިނަލް އެޕިސޯޑުގައި ފެނިގެންދާނީ ޝާހު އާއެކު ރަންބީރު ކަމަށް ބުނެފައެވެ. ނަމަވެސް އެކަމާ ގުޅޭ ރަސްމީ އިއުލާނެއް ކޮށްފައެއް ނުވެއެވެ.

ޝާހު އާއި ރަންބީރު ވަނީ މީގެ ކުރިން ފިލްމުފެއާ އެވޯޑްގައި އެކުގައި ޝޯ ހޯސްޓުކޯށްފައެވެ. އަދި ފިލްމު "އޭ ދިލް ހެ މުޝްކިލް" ގައި މަސައްކަތް ކޮށްފައެވެ.
ހިޔާލު