Tara ge Dhevana Film Sidharth aeku
image
ތާރާ އާއި ސިދާތު--
0 ކޮމެންޓް
 

ތާރާގެ ދެވަނަ ފިލްމު ސިދާތުއާ އެކު

މިލިޕް މިލަން ޒަވޭރީގެ ކުރިއަށްއޮތް ފިލްމު "މަރްޖާވާން" ގައި ސިދާތު މަލްހޯތުރާ އާއެކު ތާރާ ސުތަރިއާ މަސައްކަތް ކުރަން ނިންމައިފިއެވެ.
ލޯބީގެ ވާހަކައެއްގެ މައްޗަށް ހަދާ އެފިލްމުގައި ތާރާ މަސައްކަތް ކުރަން ނިންމާފައިވާކަން އޭނާ އިންސްޓާގުރާމު މެދުވެރިކޮށް ހާމަކޮށްފައިވާއިރު އޭނާ ވަނީ ފިލްމުގެ ޕޯސްޓަރެއްވެސް ހިއްސާކޮށްފައެވެ. އަދި ތާރާ ވަނީ އޭނާއަށް އެފުރުސަތު ދިނުމުން ފިލްމުގެ ބޯޑަށް ޝުކުރު އަދާކޮށްފައެވެ.


"މަރްޖާވާން" ގައި ސިދާތުގެ އިތުރުން ރިތޭޝް ދޭޝްމުކް ވެސް ފެނިގެންދާނެއެވެ. ފިލްމުގެ މަސައްކަތް ޑިސެމްބަރު މަހު ފަށާއިރު އެފިލްމު ނެރުމަށް ނިންމާފައިވަނީ އަންނަ އަހަރުގެ އޮކްޓޯބަރު މަހުގެ ދެ ވަނަ ދުވަހުއެވެ.

ތާރާއަކީ ލަވަކިޔުންތެރިއެއް އަދި ނެށުންތެރިއެއްވެސް މެއެވެ. އޭނާ ވަނީ ތާރޭ ޒަމީން ޕަރް އާއި ގުޒާރިޝް އަދި ޑޭވިޑް ފަދަ ފިލްމުތަކަށް ލަވަކިޔާފައެވެ. އެނާގެ ފުރަތަމަ ފިލްމު "ސްޓޫޑެންޓް އޮފް ދަ އިޔަރ 2" ނެރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރު މެއި މަހު 10 ގައެވެ. އެފިލްމުގައި ތާރާ އާއެކު އަނަންޔާ ޕާންޑޭ އަދި ޓައިގާ ޝްރޮފް ފެނިގެންދެއެވެ.
ހިޔާލު