Houthi ge 150 Han'guraama Verin Maraalaifi
image
ހަނގުރާމަމަތީ ޖެޓްތަކެއް
0 ކޮމެންޓް
 

ހޫތީންގެ 150 ހަނގުރާމަވެރިން މަރާލައިފި

ޔަމަންގައި ހަރަކާތްތެރިވާ ހޫތީ ހަނގުރާމަވެރިންނަށް އަމާޒުކޮށް އަރަބް ކޯލިޝަނުން ދިން ވައިގެ ހަމަލާތަކެއްގައި، ހޫތީންގެ 150 ހަނގުރާމަވެރިން މަރާލައިފިއެވެ.
އަރަބް ކޯލިޝަނުން އިއްޔެ ހަމަލާދީފައިވަނީ ހޫތީންގެ ހަނގުރާމަވެރިން ތަމުރީނު ކުރާ މަރުކަޒަކަށެވެ.

ޔަމަންގެ އަސްކަރިއްޔާއިން ހާމަކުރި ގޮތުގައި ހޫތީންގެ ޖަގަހައަށް އަމާޒުކޮށް އަރަބް ކޯލިޝަނުން ވަނީ ވައިގެ މަގުން ވަރުގަދަ ހަމަލާތަކެއް ދީފައެވެ.

ހޫތީންގެ މަރުކަޒަށް ހަމަލާ ދިނުމުން މަރުވި މީހުންގެ ހަށިތަކާއި ޒަހަމްވި މީހުންތައް ވެހިކަލްތަކުގައި އެހެން ސަރަހައްދުތަކަށް ގެންދިޔަ ކަމަށް ޔަމަންގެ އަސްކަރިއްޔާއިން ބުނެއެވެ.

އަރަބް ކޯލިޝަނުން މީގެ ކުރިންވެސް ވަނީ ހޫތީ ހަނގުރާމަވެރިންގެ ޖަގަހަތަކަށް ހަމަލާދީ ގިނަ އަދަދެއްގެ ހަނގުރާމަވެރިން މަރާލާފައެވެ.

ޔަމަނުގައި ކުރިއަށްދާ ހަނގުރާމައަށް ހަތަރު އަހަރު ވެފައިވާއިރު، އެ ހަމަނުޖެހުންތަކުގައި މިހާތަނަށް 10،000 އަށްވުރެ ގިނަ އާންމުން ވަނީ މަރުވެފައެވެ.
ޔަމަން
ހިޔާލު