4000 Uhbahthi Beynunkohgen Virat Kohli ge Kurehumeh Hadhaifi
image
4000 އުށްބައްތި ބޭނުންކޮށްގެން ހަދާފައިވާ ވިރާޓުގެ ކުރެހުން--
0 ކޮމެންޓް
 

4000 އުއްބައްތި ބޭނުންކޮށްގެން ވިރާޓް ކޯލީގެ ކުރެހުމެއް ހަދައިފި

މައްޝޫރު ކުރިކެޓް ކުޅުންތެރިޔާ ވިރާޓް ކޯލީގެ ކުރެހުމެއް 4000 އުށްބައްތި ބޭނުންކޮށްގެން ހަދައިފިއެވެ.
ވިރާޓަކީ އިންޑިއާގެ ބައިނަލްއަގުވާމީ ކުރިކެޓް ކުޅުންތެރިއެކެވެ. އޭނާއަކީ މިހާރު އިންޑިއާގެ ކުރިކެޓް ޓީމުގެ ކެޕްޓަން ވެސް މެއެވެ. 2013 ވަނަ އަހަރުން ފެށިގެން "ރޯޔަލް ޗެލެންޖާސް ބެންގަލޯރް" ޓީމަށް ކުޅެމުން އަންނަ ވިރާޓަކީ ވެސް ގިނަ ސަޕޯޓަރުން އޮންނަ ފަރާތެކެވެ.

ދާދި ފަހަކުން މުމްބާއީގެ މޮސައިކް އާޓިސްޓެއް ކަމަށްވާ އަބާސަހެބް ޝެވާލެ ވަނީ އުށްބައްތި ބޭނުންކޮށްގެން ވިރާޓުގެ ކުރެހުމެއް ހަދާފައެވެ. ދިގުމިނުގައި 14 ފޫޓު އަދި ފުޅާ މިނުގައި 9.5 ހުންނަ އެ ކުރެހުން މިހާރު މުމްބާއީގެ ސީވުޑް ގްރޭންޑް ސެންޓްރަލް މޯލުގައި ވަނީ ބެހެއްޓިފައެވެ.

އެމަސައްކަތަށް ކުލޭ ބޭނުންކޮށް ހަދާ ޖުމްލަ 4482 އުށްބައްތި ބޭނުންކުރިއިރު އޭގެ ތެރޭގައި ރަތް، ހުދު، ނޫ،ފެހި، ރީނދޫ އަދި މުށި ކުލައިގެ އުށްބައްތި ވަނީ ބޭނުންކޮށްފައެވެ.

އަބާސަހެބް ބުނިގޮތުގައި އެއީ ކުޅޭ އުށްބައްތި ބޭނުންކޮށްގެން ދުނިޔޭގައި ހެދުނު އެފަދަ ފުރަތަމަ މަސައްކަތް ކަމަށެވެ. އެމަސައްކަތުގައި އަބާސަހެބާއެކު އިތުރު 5 ކޯ އާޓިސްޓުން ވަނީ އެހީތެރިވެފައެވެ. އަދި އެކުރެހުން ތައްޔާރުކުރުމަށް ޖުމްލަ އަށް ގަޑިއިރު ނެގިކަމަށް އަބާސަހެބް ވަނީ ބުނެފައެވެ.

އެކުރެހުން ހަދާފައިވަނީ ވިރާޓުގެ އުފަންދުވަހުގެ އިތުރުން އިންޑިއާގެ މިހުން ފާހަގަ ކުރާ ދިވާލީ ގެ މުނާސަބަތާ ގުޅިގެން ކަމަށް އަބާސަހެބް ވަނީ ބުނެފައެވެ. އަދި އޭނާ މިހާރު ވަނީ އެމަސައްކަތް "ގައިނެސް ވީލްޑް ރިކޯޑް"، "އިންޑިއާ ބުކް އޮފް ރިކޯޑް" އަދި "ޔުނިކް ވޯލްޑް ރިކޯޑުސް" އަށް ހުށައަޅާފައިކަމަށް ވެސް އަބާސަހެބް ވަނީ ބުނެފައެވެ.

ވިރާޓަށް މިމަހު ފަސް ވަނަ ދުވަހު 30 އަހަރު ފުރިފައިވާ އިރު އޭނާ ވަނީ ބޮލީވުޑުގެ ބަތަލާ އަނުޝްކާ ޝަރުމާ އާ މިދިޔަ އަހަރު ކައިވެނިކޮށްފައެވެ.
ވިރާޓް ކޯލީ
ހިޔާލު