Agu Huri Inaamthakakaaeku BHM inn Ye Ye Products ge Promotion eh Fashaifi
image
0 ކޮމެންޓް
 

އަގުހުރި އިނާމުތަކަކާއެކު ބީއެޗްއެމް އިން ޔޭޔޭ ޕްރޮޑަކްޓްސްގެ ޕްރޮމޯޝަނެއް ފަށައިފި

ބީއެޗްއެމް ޓްރޭޑާސް އިން ރާއްޖެ އެތެރެކޮށް ވިއްކަމުން އަންނަ ޔޭޔޭ ޕްރޮޑަކްޓްސްގެ ޕްރޮމޯޝަނެއް، އަގުހުރި އިނާމުތަކަކާއެކު އަނެއްކާވެސް ފަށައިފިއެވެ.
"ސްކްރެޗް އެންޑް ވިން" ގެ ނަމުގައި ކުރިއަށް ގެންދާ އެ ޕްރޮމޯޝަންގައި ގްރޭންޑް ޕްރައިޒްގެ ގޮތުގައި، ނަސީބުވެރި 10 ފަރާތަކަށް ސައިރިކްސް ކޮލެޖުން ސްކޮލަޝިޕް ލިބިގެންދާނެއެވެ.

މިއަދުން ފެށިގެން އަންނަ އަހަރުގެ މާޗް މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ ޕްރޮމޯޝަންގައި ކޮންމެ ހަފުތާއަކު ހޮވޭ ނަސީބުވެރިއަކަށް ހުވާވޭ ޕީ20 ޕްރޯ ފޯނެއް ލިބިގެންދާނެ ކަމަށް ބީއެޗްއެމް އިން ބުނެއެވެ.

އޭގެ އިތުރުން ޕްރޮމޯޝަންގެ މުއްދަތުގައި، ކޮންމެ ދުވަހަކު ހޮވޭ ނަސީބުވެރި ފަސް ފަރާތަކަށްވެސް އިނާމު ލިބިގެންދާނެއެވެ. ކޮންމެ ދުވަހަކު ހޮވޭ ނަސީބުވެރިންނަށް ހުށަހެޅިފައިވާ އިނާމުތަކުގެ ތެރޭގައި ޔޭޔޭ ކޮފީ، ޔޭޔޭ ޑައިޓް ކޮފީ އަދި ސީރިއަލް ހިމެނެއެވެ.

ބީއެޗްއެމް އިން ބުނި ގޮތުގައި ބައްލަވައި ގަންނަވާ ޔޭޔޭ ކޮފީ ބޮޑު ޕަކެޓް، ޔޭޔޭ ޑައިޓް ކޮފީގެ ބޮޑު ޕަކެޓް ނުވަތަ ސީރިއަލްގެ ބޮޑު ޕަކެޓަކާއެކު ސްކްރެޗް ކާޑެއް ލިބިގެންދާނެއެވެ. ބޮޑު ޕަކެޓްގައިވާ ސްކްރެޗް ކާޑު ކަހާލުމަށްފަހު އޭގައިވާ ނަންބަރު ފޮނުވަން ޖެހޭނީ ބީއެޗްއެމް އަށެވެ.

ބީއެޗްއެމްގެ ވެބްސައިޓް އަދި ބީއެޗްއެމްގެ ސޯޝަލް މީޑިއާ އެޕްސް ކަމުގައިވާ ވައިބާ، ޓެލެގްރާމް އަދި ފޭސްބުކް މެސެންޖާ މެދުވެރިކޮށް ސްކްރެޗް ކާޑުގައިވާ ނަންބަރު ބީއެޗްއެމް އަށް ފޮނުވޭނެ ކަމަށް ބީއެޗްއެމް އިން ބުނެއެވެ.



މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން މިއަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށްވެސް ޔޭޔޭ ކޮފީގެ ޕްރޮމޯޝަނެއް ކުރިއަށް ގެންގޮސްފައެވެ. އެ ޕްރޮމޯޝަންގައި ނަސީބުވެރި 75 ފަރާތަކަށް ވަނީ ލެޕްޓޮޕް ލިބިފައެެވެ.
ހިޔާލު