Karudhaasthah nahthaalumuge kurin vote karudhaahuge faahaga dhuveythoa dhakaalanee
image
ކަރުދާސްތައް ނައްތާލުމުގެ ކުރިން ވޯޓް ކަރުދާހުގެ ފާހަގަ ދުވޭތޯ ދައްކާލަނީ
7 ކޮމެންޓް
 

ކަރުދާސްތައް ނައްތާލުމުގެ ކުރިން ވޯޓް ކަރުދާހުގެ ފާހަގަ ދުވޭތޯ ދައްކާލަނީ

ރިޔާސީ އިންތިހާބުގެ ވޯޓް ކަރުދާސްތައް ނައްތާލުމުގެ ކުރިން ވޯޓްގައި ޖަހާ ފާހަގަ ދުވޭތޯ ބަލަން ބާކީހުރި ހުސް ކަރުދާހުގައި ފާހަގަ ޖެހުމަށް ރައްޔިތުންނަށް ފުރުސަތު ދިނުމަށް ގަސްތުކުރައްވާކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ވީޓީވީހެ "މެހެމާންސަރާ" ޕްރަގްރާމްގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ ބަޔަކު އިންތިހާބާއިމެދު ސުވާލުތަކެއް އުފައްދާފައިވާތީ ބޭނުންކުރި ވޯޓް ކަރުދާސްތައް ނައްތާލުމުގެ ކުރިން ރައްޔިތުންނަށް ދައްކާލުމަށްވެސް ގަސްތުކުރައްވާކަމަށާއޮ ބޭނުންނުކޮށް ހުރި ހުސް ވޯޓްކަރުދާސްކޮޅުތަކުގައި ފާހަގަޖެހުމަށް ފުރުސަތު ރައްޔިތުންނަށް ދިނުމަށްވެސް ގަސްތުކުރައްވާ ކަމުގައެވެ.

އެކަން އެގޮތަށް ކުރުމަށް ކޮމިޝަނުގައި މަޝްވަރާ ކުރެވުނު ނަމަވެސް ގޮތް ނިންމާނީ ލީގަލް ޓީމާއި މަޝްވަރާކުރުމަށްފަހު ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް މިހެން ވިދާޅުވިއިރު ވޯޓް ކަރުދާހުގައި ޖެހި ފާހަގަ އެއްގޮޅިން އަނެއް ގޮޅިއަށް ބަދަލުވާކަމަށް ބުނެ ރައީސް އަބްދުﷲ ޔާމީންގެ ސަޕޯޓަރުންވަނީ ބޮޑެތި ތުހުމަތުތަކެއް ކޮށްފައެވެ. އަދި އިންތިހާބު ބާތިލްކުރުމަށް ރައީސް ޔާމީން ކޯޓަށް ވަޑައިގެން ވަނީ ނާކާމިޔާބުވެސް ވެފައެވެ.

ޝަރީފް މިއަދު ވިދާޅުވީ އިންތިހާބުގައި ގާނޫނާއި ހިލާފު އެއްވެސް ކަމެއް ނުހިގާކަމަށާއި ނަމަވެސް އީސީގެ މެމްބަރުންގެ ބޮލުގައި ބޮޑެތި ދޮގު ތުހުމަތުތަކެއް އަޅުވައި ޕީޕީއެމުން ކޯޓަށް ދިއުމުން ދެރަވެ ލަދު ގަންނަ ކަމުގައެވެ.
ހިޔާލު

މަންޖެ

މިދެން ހާދަ ކަންތައް ބޮޑު މީހެކޭ. މިނިވަން މުއައްސަސާއެއްގަ ހުރެގެން މީހުންނަށް މަލާމަތާއި ފުރައްސާރަކުރުން ނޫންކަމެއް ނުކުރޭ. މަގާމުގެ ދަހިވެތިކަމުގަ.. ބޮަޑުވަރު

ޢަރަގު

ކޮންކަމެއް ކުރާމީހާ އަމިއްލައަށް އިއުތިރާފު ވާނަމަ ހާދަރަނގަޅުވާނެ! 1 ދޮގުހަދާއިފިނަމަ އެދޮގުފޮރުވަން 7 ދޮގުހަދަންޖެއެވެ.މުސްކުޅިންބުނެއުޅޭބަހެއް

ލައިސް

ފާހަގަ ދުވާކަރުދާސް ތައްޔާރުކުރީ ވަކި ލިމިޓަކަށޯ ކިޔަނީ، އެބައި ފުރަތަމަ ވޯޓްލީމީހުން ލިބޭގޮތަށޯ އޮތީ. މިހާރު ހުރި ކަރުދާސްތަކުގައި ހުރީ ހަމަ ނޯރމަލް ކަރުދާހޯ.

ކޮރަކަލި

އީސީސަރީފޫ މާކަންތަ ބޮޑު ނުކޮއް ތިހުރިހިސާބު ގައި މަޑުކޮއްލުން ބުއްދިވެރި

.ދަށިވުން

.ފާހަގަ ދުވާތަން ދައްކަން ވީކީނޫން ކޯލިދަނުން ދިން ލާރިގަނޑަށް ހެދިގޮތާ ވޯޓު އޮޅުވާލަން ހެދިގޮތެއް ދައްކަންވީ.

ޔައުގޫބު

މީހަމަ ރަނގަޅު ކަމެއް...😂

ހަސަން

އަހަރެމެން ޤަބޫލެއް ނުކުރާނަން، ކޯޓުގައި ނުދެއްކުނު، މިހަރު ތީފޭކު، ކަލޭމެން ކުރިކަންދަކުގެ ބަދަލު ދަަެން ޖެހޭނެ،