Mifco in masverinnah 10 million ah vure gina Rufiya nudhakaa
image
2 ކޮމެންޓް
 

މިފްކޯއިން މަސްވެރިންނަށް 10 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ނުދައްކާ!

ސަރުކާރުގެ މަސް ކުންފުނި، މިފްކޯއިން މަސްވެރިންގެ އަތުން ގަތް މަހުގެ އަގަށްވާ ފައިސާ ނުދައްކާ ދިގުލައިގެން ގޮސް އެ އަދަދު 10 މިލިޔަން ރުފިޔާ އަށް ވުރެ އިތުރުވެއްޖެ އެވެ.
މިފްކޯގެ ދަރަނި ބޮޑުވެ، ބަނގުރޫޓުވުމާ ކައިރިވެފައި ވަނިކޮށް 2016 ވަނަ އަހަރު އެ ކުންފުނި ވަނީ އެސްޓީއޯގެ ދަށަށް ބަދަލުކޮށްފަ އެވެ. އޭރު އެ ކުންފުނީގެ ދަރަނި 300 މިލިޔަން ރުފިޔާ އަށް ވުރެ ބޮޑު އިރު، މަސްވެރިންނަށް އެތައް މިލިޔަނެއް ނުދައްކާ އޮތެވެ.

އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏަކަށް މިފްކޯ ބަދަލުކޮށް، ސަރުކާރުން އެ ކުންފުނި ބަނގުރޫޓުވުމުން ސަލާމަތް ކުރި އިރު އޭރު ވެސް މަސްވެރިންނަށް ދައްކަން ޖެހޭ އެތައް މިލިޔަން ރުފިޔާ އެއް އޮތެވެ. އަދި އެ ފައިސާތައް ދައްކައި، އެ ކުންފުނީގެ އިންފްރާސްޓްރަކްޗާ ވަރުގަދަ ކުރުމަށް އޭރު ސަރުކާރުން މިފްކޯ އަށް 46.3 މިލިޔަން ރުފިޔާގެ ލޯނެއް ދިނެވެ.

އޭގެ ފަހުން އެ ކުންފުނިން ވަނީ މާލީ ހާލަތު ރަނގަޅުވަމުން އަންނަ ކަމަށް ބުނެފަ އެވެ. އަދި އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި އެ ކުންފުނިން ވެސް ވަނީ މިފްކޯގެ މާލީ ހާލަތު ރަނގަޅު ކަމަށް ބުނެފަ އެވެ.

ނަމަވެސް ފަހުން އަނެއްކާ ވެސް އެ ކުންފުނީގެ ކުރީގެ ހާލަތަށް ދާންޖެހުނު ސަބަބެއް ސީދާ ސާފެއް ނުވެ އެވެ. އަދި މަސްވެރިންނަށް ފައިސާ ނުދެވި ދިގުލައިގެން ދާއިރު، މަސްވެރިންނަށް ފައިސާ ދިނުން ލަސްވާ މައްސަލަ ހައްލު ކުރުމަށް މީގެ ކުރިން ވަނީ 100 މިލިޔަން ރުފިޔާގެ ފަންޑެއް ވަނީ ގާއިމް ކޮށްފަ އެވެ.

ފަންޑް ގާއިމް ކުރުމަށް ފަހު ވެސް، މަސްވެރިންނަށް ފައިސާ ނުދެވި ލަސްވަނީ ކީއްވެގެން ކަމެއް ސާފެއް ނުވެ އެވެ. އަދި އެ ފަންޑްގެ މިހާރުގެ ހާލަތަކީ ކޮބައިކަމެއް ވެސް ސާފެއް ނުވެ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ އިންތިހާބީ އެޖެންޓް އަދްލީ އިސްމާއީލް މެނޭޖިން ޑިރެކްޓަރުކަން ކުރައްވާ ކުންފުނި ދެ ވަނަ ފަހަރަށް ބަނގުރޫޓުވުމާ ދިމާލަށް ދާއިރު، ކެބިނެޓުން މީގެ ދެ މަހެއްހާ ދުވަސް ކުރިން ވަނީ އެ ކުންފުންޏަށް އިތުރު 50 މިލިޔަން ރުފިޔާ ލޯނު އުސޫލުގެ ދަށުން ދިނުމަށް ނިންމާފައި ކަމަށް މައުލޫމާތު ލިބެ އެވެ. ނަމަވެސް އެ ފައިސާ އަދި ފިނޭންސް މިނިސްޓްރީން އެ ކުންފުންޏަށް ދޫނުކުރާ ކަމަށް ވެއެވެ.

މިކަމާއި ގުޅޭގޮތުން މިފްކޯގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.
ހިޔާލު

އަހުމަދު

މަސްވެރިން ދަނޑުވެރިންނަށް މިހެދީކިހިނެތް .... ދެއްވަންބުނި 10ހާސް އަދި8 ހާސް ނުލިބުނުތަނުގައި ވިއްކި މަސްކޮޅުގެ ފައިސާވެސް ފަހުންދޭގޮތަށް...
ކޮބާތަ ފިސަރީސް މިނިސްޓަރ ... އޭނަ މިކަމުގައި ކިއެއްތަ މިކުރަަަަަަަނީ..

ާަައައިސް

ޢަދުލީއާ އޭނަގެ އަންހެނުން އަދި އަންހެނުންގެ ކޮއްކޮ މާނު މިފްކޯ ދަވާލީ.