Transparencyge Anti Corruption Agenda Ibu ah Aruvaifi
image
ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ބައެއް އިސް ފަރާތްތަކުން އިބޫއާއި މިއަދު ބައްދަލު ކުރަނީ---
0 ކޮމެންޓް
 

ޓްރާންސްޕޭރެންސީގެ އެންޓި ކޮރަޕްޝަން އެޖެންޑާ އިބޫއަށް އަރުވައިފި

ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ އެންޓި ކޮރަޕްޝަން އެޖެންޑާ މިއަދު އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު(އިބޫ)އަށް މިއަދު އަރުވައިފިއެވެ.
ޓްރާންސްޕޭރެންސީގެ އެންޓި ކޮރަޕްޝަން އެޖެންޑަ ތައްޔާރުކޮށްފައިވަނީ މައިގަނޑު 12 ނުކުތާއެއްގެ މައްޗަށެވެ. އޭގެތެރޭގައި ރައްޔިތުންގެ މަޖިލިސް ހަރުދަނާ ކުރުމާއި، އިންސާނީ ހައްގުތަކާއި ގާނޫނުގެ ވެރިކަން ދެމެހެއްޓުމާއި، ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމާއި، މުއައްސަސާތައް ހަރުދަނާކޮށް، ނަޒާހަތްތެރި މީހުން އައްޔަން ކުރުމާއި، ކޮންޓްރެކްޓުތައް ދިނުމުގައި ހުޅުވާލެވިފައިވުން ފަދަ ކަންތައްތައް ހިމެނެއެވެ.

ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ އެޑްވޮކަސީ އެންޑް ކޮމިއުނިކޭޝަންސް މެނޭޖަރު އައިމަން ރަޝީދު އެޖެންޑާ އެކުލަވާލާފައިވަނީ ބައިނަލް އަގުވާމީ ގޮތުން އަދި ރާއްޖޭގައި ހިންގާފައިވާ ކަންތައްތަކާއި އެ ޖަމިއްޔާގެ ދިރާސާތަކުގެ މައްޗަށް ކަމަށެވެ. އައިމަން ވިދާޅުވީ އެ ޖަމިއްޔާއިން ހުށަހަޅާފައިވާ ކަންތައްތައް ތަންފީޒު ކުރުމަށް ފަންނީ އެހީތެރިކަން ފޯރުކޮށްދޭން ތައްޔާރަށް ތިބި ކަން ވެސް އިބޫއަށް ދަންނަވާފައިވާ ކަމަށް އައިމަން ވިދާޅުވިއެވެ.

ޓްރާންސްޕޭރެންށީ މޯލްޑިވްސްއިން ގެންދަނީ ރާއްޖެއިން ކޮރަޕްޝަން މަދުކޮށް، ނައްތާލުމުގައި ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރަމުންނެވެ.
ހިޔާލު