Meedhoo Ge Currentuge Mahsala Hahlukuran Councilun Fenaka Aa Bahdhalu Kuranee
image
މީދޫ ކަރަންޓު މައްސަލާގައި ރޭ ކުރި މުޒާހަރާ---
0 ކޮމެންޓް
 

މީދޫ ކަރަންޓުގެ މައްސަލަ ހައްލުކުރަން ކައުންސިލުން ފެނަކައާ ބައްދަލުކުރަނީ

ރ. މީދޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް މިއަދު ފެނަކައާ ބައްދަލުކުރަން ނިންމަވާފައިވާކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ. muni
ސީއެންއެމްއާ ވާހަކަ ދައްކަވަމުން މީދޫ ކައުންސިލުގެ މެމްބަރު ރައްޒާން ޒަރީރު ވިދާޅުވީ، ރަށުން ކަރަންޓު ކެނޑޭ މައްސަލަ ވަރަށް ބޮޑުވެފައިވާތީ ރޭވެސް އެރަށު ރައްޔިތުން މުޒާހަރާކޮށްފައިވާކަމަށެވެ. އަދި ކަރަންޓު ކެނޑޭ މައްސަލަ ހައްލުކުރުމާއި ގުޅޭގޮތުން މިއަދުގެ ވަގުތެއްގައި އެރަށު ފެނަކަ ބްރާންޗުގެ ވެރިންނާއި ބައްދަލުކުރަން ނިންމަވާފައިވާކަމަށް ރައްޒާން ވިދާޅުވިއެވެ.

"މިއަދު ފެނަކައާ ބައްދަލުކުރަން ނިންމާފަ އޮތީ. ދެން ކަރަންޓުގެ މައްސަލަ ހައްލުކުރަން އާ ޖަނަރޭޓަރެއް ގެންނާނެކަން މިއަދުގެ ބައްދަލުމުގެ ތެރެއިން ނިންމާނެކަމަށް ބެލެވެނީ." ރައްޒާނު ވިދާޅުވިއެވެ.

ދެހާސް މީހުންގެ އާބާދީއެއް އޮންނަ މީދޫއަށް ކަރަންޓު ފޯރުކޮށްދެމުން އަންނަނީ ތިން ޖަނަރޭޓަރު ބޭނުންކޮށްގެންނެވެ. އެއީ 400 ކިލޯވޮޓުގެ ޖަނަރޭޓަރަކާއި 100 ކިލޯވޮޓުގެ ދެ ޖަނަރޭޓަރެވެ. އެރަށަށް ކަރަންޓުގެ މައްސަލަ ދިމާވެފައިމިވަނީ 400 ކިލޯވޮޓުގެ ޖަނަރޭޓަރަށް މައްސަލަތަކެއް ދިމާވުމާއި ގުޅިގެންނެވެ.

މީގެ ދެ މަހެއްހާ ދުވަސް ކުރިން އެރަށަށް ކަރަންޓުގެ ދަތިކަން ކުރިމަތިވިއިރު މިހާރު ރަށުގެ އެކި ހިސާބުތަކަށް ކަރަންޓު ފޯރުކޮށްދެމުން އަންނަނީ އެކި ވަގުތުތަކުގައެވެ. އަދި މުޅި ރަށަށް އެއް ވަގުތެއްގައި ކަރަންޓު ދެމުން އަންނަނީ ރޭގަނޑު 12:00 ގެ ފަހުންނެވެ.

މީގެކުރިން ވެސް މީދޫއަށް ކަރަންޓުގެ މައްސަލަ ކުރިމަތިވެ ފެނަކައިގެ ވެރިން ވަނީ އެރަށަށް އާ ޖަނަރޭޓަރެއް ގެންދާނެކަމަށް ބުނެފައެވެ. ނަމަވެސް މިއަދާއި ހަމައަށް ވެސް ފެނަކައިގެ ވެރިން އެރަށަށް ގެންދަން ބުނި އާ ޖަނަރޭޓަރު އެރަށަށް ގެންގޮސްފައެއް ނުވެއެވެ.
ހިޔާލު