Shah aai Salman Ekugai Fenigendhani Bhansali ge Filmakuntha?
image
ޝާހު އާއި ސަލްމާނު އެކުގައި ފެނިގެންދަނީ ބަންސާލީގެ ފިލްމަކުންތަ؟--
0 ކޮމެންޓް
 

ޝާހު އާއި ސަލްމާނު އެކުގައި ފެނިގެންދަނީ ބަންސާލީގެ ފިލްމަކުންތަ؟

ބޮލީވުޑްގެ ކާމިޔާބު ދެ ހާނުން ކަމަށްވާ ޝާހު ރުކް ހާނާއި ސަލްމާނު ހާނު އެކުގައި ފެނިގެންދާނީ ސަންޖޭ ލީލާ ބަންސާލީގެ ފިލްމަކުން ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފިއެވެ.
ޝާހު އާއި ސަލްމާނު މީގެ ކުރިން އެކުގައި "ކަރަން އަރްޖުން"، "ކުޗް ކުޗް ހޯތާ ހޭ" އަދި "ހަމް ތުމްހާރޭ ސަނަމް" ފަދަ ފިލްމުތަކުން ވަނީ އެކުގައި ފެނިފައެވެ. ދެމީހުން އެންމެ ފަހުން އެކުގައި ފެނިގެންދިޔައީ ޝާހުގެ ކުރިއަށްއޮތް ފިލްމު "ޒީރޯ"ގެ ޓީޒާއިންނެވެ.

އެދެމީހުން އެއް ޕްރޮޖެކްޓެއްގައި މަސައްކަތް ކުރާ މަންޒަރު ބެލުމަށް ގިނަ ބަޔަކު ކެތްމަދުވެފައިވާއިރު އިންޑިއާގެ ނޫސްތަކުން ބުނާގޮތުގައި އެދެތަރިން ވަރަށް އަވަހަށް އެކުގައި ފިލްމަކުން ފެނިގެންދާނެއެވެ. އެގޮތުން އެއީ ބަންސާލީގެ ފިލްމެއް ކަމަށް ރިޕޯޓުތަކުން ބުނެއެވެ. އަދި އެއީ ފެމިލީ ޑްރާމާ ފިލްމެއް ކަމަށާއި އެފިލްމަކީ ދެ ބަތަލުން އުޅޭ ފިލްމެއް ކަމަށްވެސް ރިޕޯޓުތަކުން ބުނެއެވެ.

އޭގެ އިތުރުން ރިޕޯޓުތައް ބުނާގޮތުގައި ބަންސާލީއަށް ފިލްމުގެ ފައިނަލް ޑްރާފްޓެއް ހެދުމަށް ނުވަ މަސް ނަގާނެކަމަށެވެ. އަދި ހުރިހާ ކަމެއް ރަނގަޅަށް ދާނަމަ އަންނަ އަހަރު މެދުތެރޭ ފިލްމުގެ މަސައްކަތް ފަށާނެ ކަމަށްވެސް ރިޕޯޓުތަކުން ބުނެއެވެ.

ސަލްމާނު މިހާރު ދަނީ އޭނާގެ ކުރިއަށް އޮތް ފިލްމު ބާރަތުގައި މަސައްކަތް ކުރަމުންނެއެވެ. އަދި ޝާހު ވަނީ އޭނާގެ ކުރިއަށް އޮތް ފިލްމު ޒީރޯގެ ޝޫޓިން މިހާރު ނިންމާލާފައެވެ. އެފިލްމު ނެރުމަށް ނިންމާފައިވަނީ ޑިސެންބަރު މަހު 21 ގައެވެ.
ހިޔާލު