Kokko Ufaluga Huriyya Aharen Mihuri Ufalun: Riddhima
image
އާލިއާ އާއި ރަންބީރު (ކ) އަދި ރިދިމާ.
0 ކޮމެންޓް
 

ކޮއްކޮ އުފަލުގައި ހުރިއްޔާ އަހަރެން މިހުރީ އުފަލުން: ރިދިމާ

ރަންބީރު ކަޕޫރު އުފަލުގައި ހުރިއްޔާ، އުފަލުގައި ހުރި ކަމަށް އޭނާގެ ދައްތަ ރިދިމާ ކަޕޫރު ސަހާނީ ބުނެފި އެވެ.
ރިދިމާ އެހެން ބުނީ އިންޑިއާގެ ނޫހެއްކަމަށްވާ "ހިންދުސްތާން ޓައިމްސް" އިން އޭނާ އަށް ރަންބީރާއި އާލިއާ ބަޓާ ގުޅޭގޮތުން ކުރި ސުވާލެއްގެ ޖަވާބުގަ އެވެ. އަދި އޭނާ އަކީ ވަރަށް އުފާވެރި ދައްތައެއް ކަމަށް ވެސް ރިދިމާ ބުންޏެވެ.

ރިދިމާ ވަނީ މީގެ ކުރިން އާލިއާ އަށް ވަރަށް ހާއްސަ ކެވެލިކޮޅެއް ދީފަ އެވެ. ރަނާއި ޖަވާހިރުން ޒީނަތްތެރިކޮށްފައިވާ އެ ކެވެލި ކޮޅަކީ ރީދިމާ ހާއްސަކޮށް އާލިއާ އަށް ފަރުމާކޮށް ދީފައިވާ އެއްޗެއް ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެއެވެ. އެ ދެމީހުން އާއިލާއިން ވެސް އެ ގުޅުމަށް ގަބޫލު އިރު، ގިނަ ބަޔަކަށް އެ ދެމީހުންގެ ޖޯޑު ވަނީ ވަރަށް ކަމުގޮސްފަ އެވެ.

އިންޑިއާގެ ނޫސްތަކުން ބުނާގޮތުގައި ރަންބީރުގެ މަންމަ ނީތޫ ވަނީ ދެމީހުން ކައިވެނި ކުރުމަށް މިހާރު ހުއްދަ ދީފަ އެވެ. އަދި އެ ދެމީހުން އަންނަ އަހަރު ތެރޭގައި ކައިވެނި ކުރާނެ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެ އެވެ. ނަމަވެސް އެކަމާ ގުޅިގެން ރަންބީރާއި އާލިއާ އަދި ދެމީހުންގެ އާއިލާއިން މިހާތަނަށް އެއްޗެއް ބުނެފައެއް ނުވެއެވެ.

އާލިއާ އާއި ރަންބީރު ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ މިހާރު ދުވަސް ކޮޅެއް ވެފައިވާއިރު އެ ދެމީހުން ދަނީ އަންނަ އަހަރުން ނެރެން ތައްޔާރުވަމުން އަންނަ އަޔާން މުކަރްޖީގެ "ބްރަހަމަޝްތުރަ" ގައި މަސައްކަތް ކުރަމުންނެވެ. އާލިއާ އާއި ރަންބީރު ލޯބީގެ ގޮތުން ގުޅިފައިވަނީ އެ ފިލުމުގެ މަސައްކަތުގެ ތެރެއިން ކަމަށް ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން ބުނެ އެވެ.
ރަންބީރު ކަޕޫރް
ހިޔާލު