Virat ge Ufandhuvas Anushka Faahaga Kuran BeynunvanI varah Hassakoh
image
އަނުޝްކާ އާއި ވިރާޓް.
0 ކޮމެންޓް
 

ވިރާޓުގެ އުފަންދުވަސް އަނުޝްކާ ފާހަގަ ކުރަން ބޭނުންވަނީ ވަރަށް ހާއްސަކޮށް

މައްޝޫރު ކުރިކެޓް ކުޅުންތެރިޔާ ވިރާޓު ކޯލީގެ އުފަންދުވަސް އޭނާގެ އަންހެނުން، ބޮލީވުޑުގެ ބަތަލާ އަނުޝްކާ ޝަރުމާ ފާހަގަ ކުރަން ބޭނުންވަނީ ވަރަށް ހާއްސަކޮށް ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފިއެވެ.
އަނުޝްކާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ވިރާޓުއާ ކައިވެނިކޮށްފައިވަނީ މިދިޔަ އަހަރެވެ. ވިރާޓަށް މާދަމާ 30 އަހަރު ފުރޭއިރު މިއީ އެދެމީހުންގެ ކައިވެންޏަށް ފަހު ވިރާޓުގެ ފުރަތަމަ އުފަންދުވަސް ވެސް މެއެވެ. އެގޮތުން އެދުވަސް އަނުޝްކާ ފާހަގަކުރަން ބޭނުންވަނީ ވަރަށް ހާއްސަކޮށް ކަމަށް ނޫސްތަކުން ބުނެއެވެ.

ދެމީހުން ރޭގެ ވަގުތެއްގައި މުންބާއީ އެއާޕޯޓުން ފެނިފައިވާއިރު އިންޑިއާގެ ހަބަރުތައް ބުނާގޮތުގައި އެދެމީހުން އެދިޔައީ ވިރާޓުގެ އުފަންދުވަސް ފާހަގަ ކުރުމަށް މުންބާއީ ބޭރަށް، ޗުއްޓީއަކަށެވެ. މިދިޔަ މެއި މަހު އެކެއްގައި އަނުޝްކާއަށް 30 އަހަރުވިއިރު އޭނާގެ އުފަންދުވަސް ވިރާޓު ވަނީ ވަރަށް ކުލަގަދަކޮށް ފާހަގަކޮށްދީފައެވެ. އެގޮތުން ވިރާޓު ވަނީ އަނުޝްކާއަށް ތިން ކޭކު ހަދިޔާ ކޮށްފައެވެ.

އަނުޝްކާ އެންމެ ފަހުން ފެނިގެންދިޔައީ 'ސަންޖޫ' އިންނެވެ. އޭނާ ދެން ފެނިގެންދާނީ ޝާހު ރުކް ހާނާއި، ކެޓްރީނާ ކައިފާއެކު 'ޒީރޯ' އިންނެވެ. އެފިލްމު މިމަހު 21 ގައި ނެރޭއިރު ފިލްމުގެ ޓްރައިލާ އިއްޔެ ވަނީ ނެރެފައެވެ. އަދި ގިނަ ބަޔަކަށް ވަނީ ޓްރައިލާ ކަމުގޮސްފައެވެ.
ހިޔާލު