BML inn 3 Rashehgai Self Service Banking Center Gaaimkuranee
image
ބީއެމްއެލް ގެ ސެލްފް ސާވިސް ބޭންކިން ސެންޓަރަކުން ކަސްޓަމަރުން ހިދުމަތް ހޯދަނީ--ފައިލް ފޮޓޯ ބީއެމްއެލް
0 ކޮމެންޓް
 

ބީއެމްއެލުން ތިން ރަށެއްގައި ސެލްފް ސާވިސް ބޭންކިން ސެންޓަރު ގާއިމުކުރަނީ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިތުރު ތިން ރަށެއްގައި ސެލްފް ސާވިސް ބޭންކިން ސެންޓަރު ގާއިމުކުރުމަށް ނިންމައިފިއެވެ.
ގައުމީ ބޭންކް، ބީއެމްއެލް އިން ވަނީ ރ. އަލިފުށި، ބ. ތުޅާދޫ އަދި ލ. މާވަށުގައި ސެލްފް ސާވިސް ބޭންކިން ސެންޓަރު ގާއިމުކޮށްދޭނެ ފަރާތެއް ހޯދުމަށް މިހާރު އިއުލާނުކޮށްފައެވެ.

ސެލްފް ސާވިސް ބޭންކިން ސެންޓަރަކީ، ފައިސާ ނެގުމުގެ ހިދުމަތް ލިބޭ އޭޓީއެމް އެކެވެ. ސެލްފް ސާވިސް ބޭންކިން ސެންޓަރުން އެކައުންޓްތަކަށް ފައިސާ ޖަމާކުރުމާއި ފައިސާ ޓްރާންސްފާ ކުރުމުގެ ހިދުމަތް ވެސް ލިބެއެވެ.

ބީއެމްއެލް އިން މިހާތަނަށް ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 37 ސެލްފް ސާވިސް ބޭންކިން ސެންޓަރު ގާއިމުކޮށްފައެވެ.

ބީއެމްއެލް އިން ދަނީ އެ ބޭންކްގެ ހިދުމަތް ފުޅާކުރުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން މިހާތަނަށް ބީއެމްއެލް އިން ވަނީ ރާއްޖޭގެ 20 އަތޮޅުގައި އެ ބޭންކްގެ 34 ބްރާންޗް ގާއިމުކޮށްފައެވެ. އަދި 97 އޭޓީއެމުން ދަނީ ހިދުމަތް ދެމުންނެވެ.
ބީއެމްއެލް
ހިޔާލު