Hulhumalegai 13 Aharuge Anhen Kujjaku Rape Koffi
image
އަންހެން ކުއްޖާ ރޭޕު ކުރި ކަމަށް ބުނާ ޕާކު---
5 ކޮމެންޓް
 

ހުޅުމާލޭގައި 13 އަހަރުގެ އަންހެން ކުއްޖަކު ރޭޕުކޮށްފި

ހުޅުމާލޭގައި އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކު ރޭޕުކޮށްފިއެވެ.
ސީއެންއެމަށް އިތުބާރު ހުރި ގޮތަކަށް އެނގިފައިވާ ގޮތުގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ދެ ފިރިހެނަކު ވެގެން އެ އަންހެން ކުއްޖާ ރޭޕުކޮށްފައިވަނީ ނެއިބަހުޑް އެކެއްގައި އެޗްޑީސީ އިމާރާތުގެ ފަހަތުގައި އޮންނަ ޕާކު ތެރޭގައެވެ.

އެޗްޑީސީ އިމާރާތާއި ނެއިބަހުޑް އެކެއްގައި ހުންނަ ބޮޑު މިސްކިތާއި ދެމެދު އޮންނަ ޕާކު ތަރައްގީ ކުރުމަށް ޕާކުގެ ބައެއް ހިސާބުތައް ޓިނު ޖަހާ ބަންދުކޮށްފައިވާ އިރު، ރޭގަނޑު އެ ސަރަހައްދު އޮންނަނީ ވަރަށް އަނދިރިކޮށް ކަމަށް އެސަރަހައްދުގައި ދިރިއުޅޭ މީހުން ބުނެއެވެ.

އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާކަން ސީއެންއެމަށް ވަނީ އެނގިފައެވެ. ނަމަވެސް އެ މައްސަލައާއި ގުޅިގެން އެއްވެސް މީހަކު އަދި ހައްޔަރު ކުރިކަން އެނގިފައެއް ނުވެއެވެ.

މި ހަބަރާއި ގުޅިގެން ފުލުހުންގެ ބަހެއް އަދިވަނީ ލިބޭ ގޮތް ނުވެފައެވެ.
ހިޔާލު

އަލީ

ގޯސްވާނީ އަންހެން ކުދިން . ފިރިހެނުން ގޯސްވެގެން ބަހެއް ބުނެލާނެ މީހަކު ނުވާނެ. އެފަދަ ކޮމެންޓެއް ކޮށްފިއްޔާ އެޕްރޫވް އެއް ނުކުރާނެ. އެޕްރޫވް ކުރަންވެސް ނޫހުގައި ތިބެނީ މިފަދަ ފިރިހެނުން. ނުވަތަ މިފަދަ ކަންކަން ކަމުގައި ހަމައެކަނި އަންހެނުން ނުވަތަ ކުދިން ކުއްވެރިކުރަން ބޭނުންވާ މީހުން ވީމާ. މިއީ މިރާއްޖޭގެ ލަދުވެތެ ހުތުރު ހާލަތް.

ޙުސެން

ޕާކެއް ވިއްޔާ ބަލަހައްޓާނެ މީހުން ތިބެންވާނެ.

ކަމަނަ

13 އަހަރުގެ ކުުއްޖާ ގެންދިޔައީ ގަދަކަމުންތޯ ؟މައިންބަފައިން ނަށް ވަގައް ފިލައިގެން ގެއިން ބޭރުގައި އުޅޭ ކުދީންނަށް ގިނަފަހަރަށް ތިޔަ ކަހަލަ ހައިވާނުންގެ ސިކާރަ އަށް ވަނީ 😏😏😏 ދެރަ ކަންކަން މިހުންނަނީ 😏😕😔

ހަބީބާ

މިއޮތް މީހުން ނުބައި ޒަމަނެއްގަ އަންހެން ކުއްޖަކު އެފަަދަ އަނދިރި ތަނަކަށް ބޭރަށް ނުކުމެވޭނީ ބެލެނިވެރިންގެ އިހުމާލުން. ފުލުހުން މިކަން ތަހުގީގުކޮށް މިކަންކުރި އެ ގޮތްކުޑަ ފިރިހެނުންނާ އެކުއްޖާއަށް އިހުމާލުވީ މީހުންނަށް އަދބު ދެއްވާ

ހަސަންސް

ހުޅުމާލޭގެ ހުރިހާ ތަނެއްވެސް ރޭގަނޑު އޮންނަނީ ވަރަށް އަނދިރިކޮށް.. އެޗްޑިސީ އަށް ހަރަދު ކުރެވެނީ މެޑަމްގެ ކެމްޕޭނަށްއެކަނި.. އަދާކުރާންޖެހޭ މަސްއޫލިއްޔަތު މި އޮންނަނީ އޮޅިފަ..