MIFCO indhajehi 600 million ah vure gina ruffiya dheyn jehijje
image
މިފްކޯ
4 ކޮމެންޓް
 

މިފްކޯ އިނދަޖެހި، 600 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޭން ޖެހިއްޖެ

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް، މިފްކޯ އިނދަޖެހި އެ ކުންފުންނަށް މި ފަސް އަހަރުގެ ތެރޭގައި 621.4 މިލިއަނަށް ވުރެ ނިގަ ރުފިޔާ ދޭން ޖެހުނުކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.
ފިނޭންސް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިފްކޯއަށް ލިބެމުންދިޔަ ގެއްލުންތައް ފޫބެއްދުމަށް މި ފަސް އަހަރުގެ ތެރޭގައި ޖުމްލަ 579.6 މިލިއަން ރުފިޔާ މިފްކޯއަށް ސަރުކާރުން ހަރަދު ކޮށްފައިވާ ކަމުގައެވެ.

މީގެ އިތުރުން ކެޕިޓަލްގެ ގޮތުގައި މި ފަސް އަހަރު މިފްކޯއަށް 141 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށްވެސް ފިނޭންސްގެ ބަޔާނުގައި ބުނެފައި ވެއެވެ.

ދުނިޔޭގެ ބާޒާރުގައި ފިނިކުރި މަހުގެ އަގު ދަށްވެ ލިބުނު ގެއްލުމުން އަރައިގަތުމަށް ބޭނުންވާ ފައިސާ ދިނުމަށް 100 މިލިއަން ރުފިޔާގެ ފަންޑެއް އެކުލަވާލައި އޭގެ 50 މިލިއަން ރުފިޔާ ސަރުކާރުން ލޯނުގެ މިދިޔަ ސެޕްޓެމްބަރު މަހާއި އޮކްޓޫބަރު މަހު 25 މިލިއަން ރުފިޔާ މިފްކޯއަށް ދޫކޮށްފައި ވާކަމަށްވެސް ފިނޭންސްގެ ބަޔާނުގައި ވެއެވެ.

މި ލޯނުގެ ބާކީ ބައި ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށާއި މި ލޯނަކީ ސަރުކާރުން މަސްވެރިކަން ކުރިއެރުވުމަށް ތައްޔާރުކޮށްފައިވާ 100 މިލިއަން ރުފިޔާގެ ފަންޑުގެ ތެރެއިން ސަރުކާރުން ދޭންޖެހޭ ބައި ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

މި ފަސް އަހަރު މިފްކޯއަށް ދޭންޖެހުނު 600 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ތެރޭގައި ކުންފުނީގެ މާލީ ހާލާތާއި ރައުސުލް މާލު ނެގެޓިވް ރައުސުލްމާލު ޕޮސިޓިވް ކުރުމަށްޓަކައި ދޫކުރިން 333 މިލިއަން ރުފިޔާވެސް ހިމެނޭކަމަށް ފިނޭންސްގެ ބަޔާނުގައި ވެއެވެ.
މިފްކޯ
ހިޔާލު

ކާއްޓޭ

ކޮރަޕް ސަން އިންތިހާއަށް ގޮސްފައި
ތިޔަ ކުންފުނިން ހޯލްސޭލްކޮށް710 ރ ވިއްކާ މަސްދަޅުކޭސް ، ކާށިދޫ އަށް ގެނަސްގެން 600.00 ރ އަށް ވިއްކާ. އަދި ކާށިދޫ މަގުން މާލޭގެ ހޯލްސޭލް ކުރާ ފިހާރަތަކަށްވެސް މިތަކެތި ވިއްކާ މިވެސް ބަލަންޖެހިފައި އޮތް ކަމެއް

އަލީ މަރީން

ކުންފުނި އިނދަ ޖެހުނީ ކުންފުނީގަ އިސްކޮށް ތިބި ވެރިންގެ އިހުމާލުން ޖެހުނު ތަނަކުން ކައި ކުންފުނި ހަލާކު ކޮއްލީ މިނިވަން ތަޙުޤީގެއް ކޮށް އިހުމާލުވި މީހުންނާ ދޭތެރޭ ހަރުކަށި ފިޔަވަޅު އަޅަންޖެހޭނެ...

ޝަނޫން

މިފްކޯ ހިނގަ ހިނގާ އޮއްވާ އިނދެޖެހެން ޖެހުނު ސަބަބު ތަހުގީގު ކުރަންޖެހޭ.. އެހެނީ މަހުގެ ބާޒާރުގެ ޑިމާޑު ވެއްޓުނީކީއެއްނޫން.. ދުނިޔޭގެ އިގުތިސޯދު ހަލާކުވީކީއެއްނޫން.. ރާއްޖެ އެތެރޭގެ މަސްވެރިކަން ދައްވީއެއް ނޫން.. މިފްކޯގެ މުދަލައް ނުވަތަ ކެޕިޓަލައް ބަދަލެއް އައިކީއެއް ނުން. އިގުތޮސޯދީ މާހިރު ވެރިކަން ކޮއް ނިމުނު އިރު ދިވެހި ލޭނާރު ކުންފުނި މިއޮތީ ނިހާލަތުގަ.. ކޮންމެ ގޮތެއްވިޔަސަ މިކަން ރަނގަޅައް ބަލައި ފިޔަވަޅުނަގަންޖެހޭ މުއައްސަަސާތަކުން ބަލަނަ ތިބީ ކީއްވެތޯ ސުވާލު އުފެދޭ..

ެއަޙްމަދު

މިފްކޯގެ އެމް.ޑީ އަދްލީއަކީ ވަރަށް ކޮރަޕްޓް މީހެއް.އޭނާ ސަޕްލައި ގައި ހުރި އިރު އ ބޮޑު އަގު ޖަހައިގެން ވަނީ ނާޖާއިޒް ފައިދާ ނަގާފައި.މިފްކޯ އޮޑިޓްކުރާއިރު ބޭރުންނާ އެތެރެއިން ގަތް ތަކެތީގެ އަގު ބެއްލެވުމަށް ގޮވާލަން.