Modi Raajje Vadaigenfaanethee Advance Team Raajje gai
image
ނަރެންދުރަ މޯދީ
0 ކޮމެންޓް
 

މޯދީ ރާއްޖެ ވަޑައިގެންފާނެތީ އެޑްވާންސް ޓީމް ރާއްޖޭގައި

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެ ވަޑައިގެންފާނެތީ އެޑްވާންސް ޓީމް ރާއްޖެ އަތުވެއްޖެއެވެ.
މަސްދަރުތަކާއި ހަވާލާދީ އިންޑިއާގެ "ދަ ވަޔާ" ނޫހުން ބުނީ، ރާއްޖޭގެ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ރައީސް ކަމުގެ ހުވާ ކުރައްވާ ރަސްމިއްޔާތަށް މޯދީ ވަޑައިގެންފާނެތީ އިންޑިއާގެ އެޑްވާންސް ޓީމެއް ރާއްޖެ އައިސްފައިވާ ކަމަށެވެ.

އެކަމާ ގުޅޭ ގޮތުން އިންޑިއާ ސަރުކާރުން ރަސްމީކޮށް ވާހަކަ ދައްކާފައިނުވާއިރު، މޯދީ މި ދުވަސްކޮޅު ބުރަކޮށް އުޅުއްވަނީ ކުރިއަށް އޮތް އިންތިހާބުތަކުގެ ކެމްޕޭނުގައެވެ.

މީގެ ކުރިން، ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވަނީ އިންޑިއާގެ ބޮޑުވަޒީރު މޯދީގެ އިތުރުން ބައެއް އެހެން ގައުމުތަކުގެ ވެރިންނަށްވެސް އިބޫ ހުވާ ކުރައްވާ ރަސްމިއްޔާތަށް ދައުވަތު އަރުވާފައިވާ ކަމަށް ވިދާޅުވެފައެވެ.
ހިޔާލު