Inthihaabu ge Officialun ah Allowance Dhinumah Finance ah
image
އިންތިހާބުގެ އޮފިޝަލުން ތަމްރީންކުރުމުގެ ތެރެއިން--ފައިލް ފޮޓޯ އީސީ
0 ކޮމެންޓް
 

އިންތިހާބުގެ އޮފިޝަލުންނަށް އެލަވަންސް ދިނުމަށް ފިނޭންސަށް

މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބޭއްވުނު ރިޔާސީ އިންތިހާބުގައި ހަރަކާތްތެރިވި އޮފިޝަލުންނަށް ދޭންޖެހޭ އެލަވަންސް ދިނުމަށް ފިނޭންސް މިނިސްޓްރީ އަށް ފޮނުވައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ގާތްގަނޑަކަށް 3500 އާއި 3700 އޮފިޝަލުން ހަރަކާތްތެރިވި ކަމަށެވެ.

އޮފިޝަލުންނަށް ދޭން ޖެހޭ އެލަވަންސް ދިނުމަށް، ފުރިހަމަ ކުރަންޖެހޭ ލިޔެކިޔުންތައް ފުރިހަމަކޮށް، ފިނޭންސް މިނިސްޓްރީއަށް ފޮނުވާފައިވާއިރު ފިނޭންސް މިނިސްޓްރީން އެޕްރޫވް ކުރިހާ އަވަހަށް އޮފިޝަލުން ދީފައިވާ އެކައުންޓްތަކަށް އެލަވަންސް ފޮނުވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވިއެވެ.

އަހުމަދު ޝަރީފް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ފޯކަލް ޕޮއިންޓުންގެ ގޮތުގައި މަސައްކަތް ކުރި ފަރާތްތަކަށް މަހުން މަހަށް އެލަވަންސް ޖަމާ ކުރަމުން ގެންގޮސްފައިވާ ކަމަށެވެ. އަދި އާންމުކޮށް އަމަލުކުރާ އުސޫލުގެ ދަށުން އެންމެ ފަހުގެ އެލަވަންސް ދެނީ އިންތިހާބުގައި ފޯކަލް ޕޮއިންޓުން ފައިސާ ހަރަދުކުރި ގޮތުގެ ރިޕޯޓް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމުން ކަމަށް އަހުމަދު ޝަރީފް ވިދާޅުވިއެވެ.
ހިޔާލު