Shah Ge Anhenun Gauri Design Kohdhin Sidharth Ge Apartment Dhahkaalaifi
image
ސިދާތު އޭނާގެ އާ އެޕާޓްމަންޓުގައި---
0 ކޮމެންޓް
 

ޝާހުގެ އަންހެނުން ޑިޒައިންކޮށްދިން ސިދާތުގެ އެޕާޓްމަންޓް ދައްކާލައިފި

ބޮލީވުޑުގެ މަޝްހޫރު ތަރި ސިދާތު މަލްހޯތްރާ މިއަހަރުގެ ކުރީކޮޅު އެޕާޓްމަންޓެއް ގަނެފައިވާއިރު އޭނާ މިހާރު މިވަނީ އެ އެޕާޓްމަންޓަށް ބަދަލުވެފައެވެ.
އުމުރުން 33 އަހަރުގެ ސިދާތު މުމްބާއީ އިން އެޕާޓްމަންޓެއް ގަނެފައި މިވަނީ ދިއްލީގައި ދިރިއުޅެމުން އަންނަ އޭނާގެ މައިންބަފައިން މުމްބާއީއަށް ގޮސް އޭނާގެ ކައިރީ ހަމަޖެހިލައިގެން އުޅެވޭނެ އިންތިޒާމު ހަމަޖެއްސުމަށެވެ. ނުވަ ވަނަ ފްލޯގައި ހުންނަ އެ އެޕާޓްމަންޓް ސިދާތު ގަނެފައިވަނީ ޕާލީ ހިލްގެ އެންމެ އަގު ބޮޑު ހިސާބުންނެވެ.

ތިން ކޮޓަރީގެ އެ އެޕާޓްމަންޓު ޑިޒައިންކޮށްދީފައިވަނީ ބޮލީވުޑުގެ މަޝްހޫރު އެކްޓަރު ޝާހް ރުކް ހާނުގެ އަންހެނުން ގޯރީ ހާނެވެ. އުމުރުން 48 އަހަަރުގެ ގޯރީއަކީ އިންޓީރިއާ ޑިޒައިނަރެކެވެ. ސިދާތުގެ އެޕާޓްމަންޓް ޑިޒައިން ކޮށްދިނުމުގެ ކުރިން ގޯރީ ވަނީ ބޮލީވުޑުގެ ތަރި ޖެކްލީން ފެނާންޑެސް އާއި ރަންބީރު ކަޕޫރުގެ އެޕާޓްމަންޓް ވެސް ޑިޒައިންކޮށްފައެވެ.

ސިދާތު ވަނީ ވީޑިއޯއެއް އާއްމުކޮށް އޭނާގެ ގެ ގޯރީ ޑިޒައިންކޮށްދިން ގޮތް ދައްކާލައެވެ. އެގޮތުން ޑައިނިން ރޫމުން ފެށިގެން ލިވިން ރޫމު އެ ވީޑިއޯ މެދުވެރިކޮށް ސަޕޯޓަރުންނަށް ދައްކާލާފައިވެއެވެ.

ކަރަން ޖޯހަރުގެ ސްޓޫޑަންޓް އޮފް ދަ ޔިއާ އިން ބޮލީވުޑަށް ތައާރަފުވި ސިދާތު ވަނީ "ބާރް ބާރް ދޭކޯ" އާއި "އަ ޖެންޓަލްމެން" އަދި "އޭކް ވިލެން" ގެ އިތުރުން "ކަޕޫރް އެންޑް ސަންސް" ފަދަ ފިލްމުތަކުގައި މަސައްކަތްކޮށްފައެވެ.
ހިޔާލު