EC Shareefai Akram Polihah Haazirukoffi
image
0 ކޮމެންޓް
 

އީސީ ޝަރީފު ޕޮލިހަށް ހާޒިރުކޮށްފި

އިލެކްޝަން ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފު ދާދި ދެންމެއަކު ފުލުހަށް ހާޒިރުކޮށްފިއެވެ.
އިލެކްޝަނުގެ ރައީސް ޝަރީފު ފުލުހަށް ކުއްލި ގޮތަކަށް ހާޒިރުކޮށްފައި ވަނީ ކޮން ބޭނުމެއްގައިކަން އަދި ވަނީ ސާފުވާ ގޮތް ނުވެފައެވެ.

އިލެކްޝަން ކޮމިޝަންގެ މެމްބަރު އިސްމާއިލް ހަބީބު ވިދާޅުވީ މީގެ އިރުކޮޅެއް ކުރިން އެކޮމިޝަނުގެ ރައީސް ޝަރީފު ފުލުހަށް ހާޒިރުވާން އަންގައިގެން ފުލުހުންގެ މައި އިދާރާއަށް ވަޑައިގަންނަވާފައިވާ ކަމަށެވެ. އެހެން ނަމަވެސް ފުލުހަށް ހާޒިރު ކުރާ ބޭނުމެއް އަދި ސާފުވެފައި ނުވާ ކަމަށް ހަބީބު ވިދާޅުވިއެވެ.

އީސީ ޝަރީފު ކުއްލި ގޮތަކަށް ޕޮލިހަށް ހާޒިރުކުރިއިރު، އިލެކްޝަނުން ބަލިވުމ،ުން އެކަން ގަބޫލު ނުކުރައްވައި ރައީސް އަބްދުﷲ ޔާމީން ސްޕްރީމް ކޯޓަށް ހުސަހެޅުއްވި މައްސަލަ ނާކާމިޔާބު ވުމުން، އިލެކްޝަނުން ވޯޓް އޮޅުވާލި ކަމަށް ބުނެ އެ މައްސަލަ ބެލުމަށް ޕީޕީއެމުން ވަނީ ފުލުސް އޮފީހުގައި އެދިފައެވެ.
ތަފްސީލު އަންނަނީ...
ހިޔާލު