EC Shareef Haaziru Kuree Vote Karudhaasthah Nahthaalaathee
image
ޝަރީފު އީސީގެ އިތުރު ދެ މެންބަރަކާއެކު---
0 ކޮމެންޓް
 

އީސީ ޝަރީފު ހާޒިރު ކުރީ، ވޯޓު ކަރުދާސްތައް ނައްތާލާތީ!

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު ފުލުހަށް ހާޒިރުކޮށް ފުލުހުން ބަލަމުންދަނީ ނިމި ދިޔަ ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާސްތައް ނައްތާލާ މައްސަލާގައި ކަމަށް އެނގިއްޖެއެވެ.
ފުލުހުންގެ މީޑީއާ އޮފިޝަލު ވިދާޅުވި ގޮތުގައި ޝަރީފު ފުލުހަށް ހާޒިރު ކުރީ ވޯޓު ކަރުދާސްތައް ނައްތާލުމާއި ގުޅިގެން އެކަން ސާފު ކުރުމަށް ކަމަށެވެ.

ޝަރީފު ވެސް މިހާރު ފުލުހުންގެ އިދާރާއިން ނުކުމެ ވަޑައިގެންފައިވާ އިރު، ޝަރީފާއެކު ވަޑައިގެންނެވި އިލެކްޝަންސް ކޮމިޝަންގެ ގާނޫނީ ވަކީލު ވެސް ވިދާޅުވީ ފުލުހުން ހާޒިރު ކުރީ މައްސަލައެއް ތަހުގީގު ކުރުމަށް ނޫން ކަމަށާއި ވޯތު ކަރުދާސްތައް ނައްތާލާ ކަމަށް ވިދާޅުވެފައިވާތީ އެކަމާ ބެހޭ މައުލޫމތު ސާފު ކުރުމަށް ކަމަށެވެ.

ޝަރީފު ފުލުހަށް ހާޒިރުކޮށްފައިވާ އިރު، އިލެކްޝަންސް ކޮމިޝަނުގެ މެންބަރުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ އެމްއެންޑީއެފްގެ ފަޔާރ އެންޑް ރެސްކިއުގެ އެހީތެރިކަމާއެކު މިއަދު ނުވަތަ މާދަމާ އެކަރުދާސްތައް ނައްތާލަން ނިންމާފައިވާ ކަމަށް ބުނެފައެވެ.

ޝަރީފް ވިދާޅުވީ، ވޯޓު ކަރުދާސްތައް މިހާ ގިނަ ދުވަސްތަކެއް ވަންދެން ނައްތާނުލާ ބަހައްޓާފައިވަނީ އިންތިހާބާއި ގުޅޭގޮތުން ސްޕްރީމު ކޯޓަށް ހުށަހެޅި މައްސަލައާ ގުޅިގެންކަމަށެވެ.

"މި އިންތިހާބާއި ބެހޭ ގޮތުން ޝަރީއަތަށް ނުވަތަ ސުޕްރީމު ކޯޓަށް މައްސަލައެއް ހުށަހެޅި އެމައްސަލަ ނިމި އަދި އޭގެ ފަހުން ވެސް ގާތްގަނޑަކަށް ގާނޫނީ ގޮތުން ބަހައްޓަން ޖެހޭ މުއްދަތު ފާއިތުވެ މިހާރު އެތައް ދުވަހެއް ހިނގައްޖެ." ޝަރީފް ވިދާޅުވިއެވެ.

އިންތިހާބާއި ގުޅޭ ލިޔެކިޔުންތަކާއި ވޯޓުލީ މީހުންގެ ރަޖިސްޓްރީ ފަދަ ލިޔެކިޔުންތައް ނައްތާލާފައި ނުވާނެކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.

މި ހަބަރާއި ގުޅިގެން ފުލުހުންގެ ބަހެއް އަދިވަނީ ލިބޭ ގޮތް ނުވެފައެވެ.
ހިޔާލު